ގަދޮޅު ދެކުނު ދާއިރާގެ މެންބަރު އަހުމަދު މަހުލޫފު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުުހުން ބުނީ މުހުލޫފު ހައްޔަރުކޮށްފައިވަނީ އަމުރަށް ނުކިޔަމަންތެރިވެގެން ކަމަށެވެ.
މަހުލޫފު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހިންގާ މަގުމަތީ ހަރަކާތުގައި ބައިވެރިވަމުން ދަނިކޮށެވެ.
ފުލުހުން ހައްޔަރު ކުރި މީހުންގެ ތެރޭގައި މަހްލޫފްގެ އިތުރުން އެމްޑީޕީގެ އަންހެނުންގެ ގޮފީގެ މެމްބަރެއް ވެސް ހިމެނެއެވެ.
މެންބަރު މަހުލޫފު ހައްޔަރުކޮށްފައިވާ އިރު ކްރިމިނަލް ކޯޓުގައި ޖުމްހޫރީޕާޓީ ލީޑަރު ގާސިމް އިބްރާހިމް ޝަރީއަތެއް ވެސް ވަނީ ތާވަލު ކުރެވިފައެވެ.