ކ. މާލެ
|
24 އޯގަސްޓް 2017 | ބުރާސްފަތި 19:33
މާކުރަތު ގެއަކުން ވެލާތައް ސަލާމަތްކޮށް ދޫކޮށްލަނީ
މާކުރަތު ގެއަކުން ވެލާތައް ސަލާމަތްކޮށް ދޫކޮށްލަނީ
ރާއްޖެއެމްވީ
މާކުރަތު
މާކުރަތު ގެއެއްގައި ގެންގުޅުނު ޅަ ވެލާތަކެއް ސަލާމަތް ކޮށްފި
މި މައްސަލަ ފުލުހުން ދަނީ ބަލަމުން

ރ. އަތޮޅު މާކުރަތުގެ ގެއެއްގައި ގެންގުޅުނު 11 ޅަ ވެލާ ސަލާމަތްކޮށް މޫދަށް ދޫކޮށްލައިފި އެވެ.

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވެލާތައް ސަލާމަތްކޮށް ދޫކޮށްލާފައި ވަނީ ބުދަ ދުވަހު ކަމަށެވެ.

އީޕީއޭއިންނާއި ފުލުހުން ދަނީ މި މައްސަލަ ބަލަމުންނެވެ. އީޕީއޭއިން ބުނެފައިވާ ގޮތުގައި މި މައްސަލަ ބަލަނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން ހަދާފައިވާ ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދުގެ ދަށުންނެވެ.

2016 ވަނަ އަހަރުގެ އޭޕްރީލް 4 ވަނަ ދުވަހުން ފެށިގެން ވެލާ ކަހަނބަކީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ހ.ގެ ދަށުން ހިމާޔަތްކޮށްފައިވާ ދިރުންތަކެއް ކަމަށާއި މިތަކެތި ހިފާ ގެންގުޅުމާއި ބިސްނެގުމާއި އެއްވެސް ގޯނާއެއް ކުރުމަކީ މަނާކަމެއްް ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް ތިމަވެށީގެ ގާނޫނު އައުމުގެ އެތައް އަހަރެއް ކުރިން ފެށިގެން ވެސް މަސްވެރިކަމާބެހޭ ގާނޫނުގެ ދަށުން ވެލާ ކަހަނބު ނެގުމަކީ މަނާ ކަމެކެވެ.

މިފަަދަ ކަންކަން ކުރާ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް މޯލްޑިވްސް ޕޮލިސް ސާވިސް އާއި ސަރުކާރުގެ ގުޅުން ހުރި އިދާރާތަކުގެ އެހީތެރިކަމާއެކު އަޅާނެ ކަމަށް ވެސް އީޕީއޭއިން ބުނެ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް