ކ. މާލެ
|
24 އޯގަސްޓް 2017 | ބުރާސްފަތި 19:30
އެމެރިކާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަތުލް ކެޝަޕް
އެމެރިކާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަތުލް ކެޝަޕް
ޔޫ.އެސް އެމްބަސީ، ކޮލޮމްބޯ
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގައި މިހާރު ހިނގަމުންދަނީ ބަލައިގަންނަން ދަތި ކަންތައްތައް: ކެޝަޕް
މަޖިލީހުގައި މިހާރު ހިނގަމުންދާ ކަންތައްތަކަކީ ބަލައިގަންނަން ދަތި ކަންތައްތަކެއް
މިނިވަންކަމާއެކު ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމަށް ގޮވާލެއްވި
އެމެރިކާއިން ރާއްޖޭގެ ރައްޔިތުންނާއެކު ދެމިތިބޭނެކަމުގެ ޔަގީން އެރުވި

ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި މިހާރު ހިނގަމުންދާ ކަންތައްތަކަކީ ބަލައިގަންނަން ދަތި ކަންތައްތަކެއް ކަމަށް ބުނެ، އެމެރިކާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެމެރިކާއިން ރާއްޖެއާއި ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ އެމްބެސެޑަރ އަތުލް ކެޝަޕް ނެރުއްވާފައިވާ ބަޔާނުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ހާލަތާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެމްބެސެޑަރުގެ މެސެޖުގައި ގާނޫނާއި ގަވާއިދާއި އެއްގޮތަށް މިނިވަންކަމާއެކު ރައްޔިތުންގެ މަޖިލިހުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ފުރުސަތު ދިނުމަށް ސަރުކާރަށް ގޮވާލައްވާފައިވެއެވެ. އަދި، އެމެރިކާއިން ރާއްޖޭގެ ރައްޔިތުންނާއެކު ދެމިތިބޭނެކަމުގެ ޔަގީންކަން ވެސް ވަނީ އަރުވާފައެވެ.

'ފާއިތުވި ދުވަސްތަކުގެ ތެރޭގައި ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި ހިނގަމުންދިޔައީ ބަލައިގަންނަން ދަތި ކަންތައްތަކެވެ. ވަކި ފަރާތަކަށް ނުޖެހޭ ގަވާއިދުތަކެއްގެ ބާރު ހިނގާ، މިނިވަން އިންސާފުވެރި މަޖިލިހެއް އޮތުމަކީ ދުޅަހެޔޮ ޑިމޮކްރަސީއެއް ހިންގުމަށް ކޮންމެހެން މުހިއްމު ކަމެވެ. ދިވެހިރާއްޖޭގެ ގާނޫނާއި މަޖިލިސްގެ ގަވާއިދާއި އެއްގޮތްވާގޮތުގެ މަތިން، މިނިވަންކަމާއެކު މަޖިލިސްގެ މަސައްކަތް ކުރެވުން ކަށަވަރުކުރަން ދިވެހިރާއްޖޭގެ ސަރުކާރަށް ގޮވާާލަމެވެ. އެމެރިކާއިން ކުރިއަށް އޮތްތާގައި ވެސް ދިވެހި ރައްޔިތުންނާއެކު ދެމިތިބޭނަމެވެ. ޑިމޮކްރަސީއަށް ދިވެހިންގެ މެދުގަައި އޮތް ލޯތްބަށް ތަރުހީބުދެމެވެ. ދިވެހިރާއްޖޭގައި ސުލްހަވެރި، ފާގަތި، އަމާން، މެދުމިނުގެ ޑިމޮކްރެޓިކް މުސްތަގްބަލެއް ގާއިމް ކުރުމަށް ދިވެހިންގެ މެދުގައި އޮތް ތަސައްވުރަށް ތާއީދުކުރަމެވެ،' ބަޔާނުގައިވެ އެވެ.

ކެޝަޕް ވަނީ މީގެ ކުރިން ވެސް ރާއްޖޭގެ ސިޔާސީ މަޝްރަހާއި މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން ރައްޔިތުންގެ މަޖިލިހުގެ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވި  ދަނޑިވަޅުގައި ގަދަކަމުން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމަށް އަމުރު ކުރުމުން، ކެޝަޕް  ވަނީ 'ރިއަލީ؟' މިފަދައިން ޓްވީޓް ކުރައްވާފައެވެ. އަދި، ރާއްޖޭގައި ހީނަރުވަމުންދާ ހައްގުތަކާއި، މަޖިލިސް މެންބަރުންނަށް ކުރިމަތި ކުރުވަމުން އަންނަ ދަތިކާއި މެދުވެސް ކެޝަޕް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް