ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިގިލީ ދާއިރާގެ މެންބަރ ޤާސިމް އިބްރާހީމް ކޯޓްތެރެއަށް ވެއްޓިއްޖެ އެވެ.
ގާސިމްގެ ގާނޫނީ ވަކީލް ހުސައިން ޝަމީމް ވިދާޅުވީ ގާސިމް އަނބުރައިގަނެގެން ވެއްޓިވަޑައިގަތީ ޝަރީއަތުގެ އަޑުއެހުމަށް ކޯޓު ރޫމަށް ވަޑައިގަތުމަށް ހިންގަވާފައި ވަޑައިގަންނަވަނިކޮށެވެ. ގާސިމް ވެއްޓިވަޑައިގަތުމާއެކު، އޭޑީކޭ ހޮސްޕިޓަލްގެ އެމްބިއުލަންސް ގެނެސް، އައިޖީއެމްއެޗަށް ވަނީ ގެންދަވާފަ އެވެ.
އައިޖީއެމްއެޗްގެ އައިސީޔޫގައި ގާސިމަށް ފަރުވާ ދެއްވަމުން ގެންދަވާއިރު، އޭނާގެ ހާލު ވަރަށް ސީރިއަސް މައުލޫމާތުލިބެ އެވެ.
މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ގާސިމަށް ކުރާ ދައުވާގެ މިއަދު ބާއްވަން އޮތީ ފަހު އަޑުއެހުމެވެ. ނަމަވެސް ގާސިމް ވެއްޓިވަޑައިގަތުމާއެކު ޝަރީއަތުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފަ އެވެ.