ކ. މާލެ
|
24 އޯގަސްޓް 2017 | ބުރާސްފަތި 05:00
ސައުދީ އަރަބިއާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާން ޢަބްދުލް އަޒީޒް
ސައުދީ އަރަބިއާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާން ޢަބްދުލް އަޒީޒް
އޭއެފްޕީ
ސައުދީ-އެމެރިކާގެ ގުޅުން
ވަލީއަހުދު މުޙައްމަދު އެމެރިކާގެ އޮފިޝަލުންނާއި ބައްދަލުކުރައްވައިފި
ފަލަސްތީނުގެ މައްސަލައާއި ގުޅޭގޮތުން މަޝްވަރާކުރި

ސައުދީ އަރަބިއާގެ ވަލީއަހުދު، މުޙައްމަދު ބިން ސަލްމާން ޢަބްދުލް އަޒީޒް، އެމެރިކާ ސަރުކާރުގެ އިސް އޮފިޝަލުންނާއި ބައްދަލުކުރައްވައިފިއެވެ.

 

އަންގާރަ ދުވަހު، ވަލީއަހުދު މުޙައްމަދު ވަނީ ރައީސް ޑޮނާލްޑް ޓްރަމްޕް އިސް މުޝީރު ޖެރާޑް ކުޝްނަރ އާއި މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަ އެމެރިކާގެ ސަފީރު ޖޭސަން ގްރީންބްލެޓްގެ އިތުރުން ރައީސް ޓްރަމްޕްގެ ޤައުމީ ސަލާމަތާއި ބެހޭ މުޝިރުގެ ނައިބު، ޑީނާ ޕަވަލް އާއި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ފަރާތުންވެސް ވަނީ އެކުގައި މަސައްކަތްކޮށް، އެމެރިކާ އާއި ސައުދީގެ ގުޅުން ބަދަހިކުރުމަށް ދޭ އަހައްމިއްޔަތުކަން ފާހަގަކޮށްފައެވެ. މީގެ އިތުރުން އިސްރާއީލާއި ފަލަސްތީނުގެ ސުލްހަ އާއި ގުޅޭގޮތުންވެސް ދެ ޤައުމުން ވަނީ މަޝްވަރާ ކޮށްފައެވެ.

މީގެ އިތުރުން، ޓެރަރިސްޓް ޖަމާޢަތްތަކަށް އެހީ ލިބޭ މަގުތަށް ބަންދުކުރުމަށް އެކުގައި މަސައްކަތް ކުރުމަށްވެސް ދެ ޤައުމުން ވަނީ މަޝްވަރާ ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް