ކ. މާލެ
|
23 އޯގަސްޓް 2017 | ބުދަ 10:40
މައިނޯރިޓީ ލީޑަރުގެ ކޮޓަރިކޮޅުގެ ދޮރުގައި އަލީ އާރިފް ކިކު ޖައްސަވަނީ
މައިނޯރިޓީ ލީޑަރުގެ ކޮޓަރިކޮޅުގެ ދޮރުގައި އަލީ އާރިފް ކިކު ޖައްސަވަނީ
ފޭސްބުކް
މަޖިލިސް ޖަލްސާ
މައިނޯރިޓީ ލީޑަރުގެ ކޮޓަރީގެ ދޮރު އަލީ އާރިފް "ވައްޓާލައިފި"
ނިހާނު ވިދާޅުވީ އެފަދަ ކަންކަން ކޮށްގެން ނުވާނެ ކަމަށް
މަންޒަރު ނުފެންނަ ކަމަށް ނިހާން ވިދާޅުވި އިރު ކޮޓަރިކޮޅަށް ވަންނަތަން ވީޑިއޯ އިން ފެނޭ
މަޖިލިސް ކޮންޓްރޯލްކުރަމުން ގެންދަނީ ސިފައިން

ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި އެމްޑީޕީ ޕާލިއަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކޮޓަރިކޮޅުގެ ދޮރުގައި، ކެލާ ދާއިރާގެ މެންބަރު އަލީ އާރިފް "ކިކު ޖަހައި" ދޮރު ހުޅުވައި ވަދެގަންނަ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް އާންމުކޮށްފިއެވެ.

ބުދަ ދުވަހު ބޭއްވި ޖަލްސާ ފެށުމުގެ ކުރިން ވެސް ޕީޕީއެމް ޕާލިއަމެންޓްރީ ގްރޫޕް މެންބަރުންނާއި އިދިކޮޅު މެންބަރުންނާ ދެމެދު ހޫނު ޒުވާބުތަކެއް ހިނގި އެވެ. ބައެއް މެންބަރުންގެ ގަޔަތް އަތްލައި މާރާމާރީ ވެސް ހިންގާފައި ވެއެވެ.

މައިނޯރިޓީ ލީޑަރުގެ ކޮޓަރިކޮޅުގެ ދޮރުގައި އާރިފް ކޮޅުފައި ޖެއްސެވި މަންޒަރު އާންމުކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްއެވެ.

ދޮރު ހަލާކު ކޮށްލައި އަލީ އާރިފު ވެންނެވިއިރު އެ ކޮޓަރިކޮޅުގައި އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް އާއި ބައެއް އެހެން މެމްބަރުން ތިއްބެވި އެވެ. 

ކޮޓަރިކޮޅަށް އަލީ އާރިފު ވެންނެވުމަށް ފަހު ރުޅިވެރިކަމާއެކު އިބްރާހިމް މުހައްމަދު ސޯލިހާ ދިމާއަށް އެއްޗެހި ގޮވާމަންޒަރު ފެނިގެންދެ އެވެ. އަދި އެއާއެކު ޕީޕީއެންމެގެ ބައެއް އެހެން މެމްބަރުން ވެސް އިބޫގެ ކޮޓަރިކޮޅަށް ވަދެގަތެވެ. 

ނިހާނު ވެސް ހިތްހަމަނުޖެހުމާއެކު އިބޫއާ ވާހަކަ ދެއްކެވި އެވެ. އޭގެފަހުން، އިބޫގެ އިޝާރާތަކަށް ނިހާނު ވަޑައިގެން އިބޫއާ މަޝްވަރާތަކެއް ކުރައްވާ މަންޒަރު ވެސް ފެނެ އެވެ. 

އެކަމާ ގުޅޭ ގޮތުން ޕީޕީއެމް ޕާލިއަމެންޓްރީ ގްރޫޕްގެ ލީޑަރު އަހްމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެއީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި ތަކެއްޗަށް ގެއްލުންދީގެން ނުވާނެ ކަމަށެވެ. ނިހާނު ވިދާޅުވީ އެކަން ކުރި މަންޒަރު ފެނިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް ވީޑިއޯ އިން ފެންނަ ގޮތުގައި ކިކު ޖަހައިގެން ދޮރު ހުޅުވުމާއެކު ކޮޓަރިކޮޅުގެ ތެރެއަށް ވެންނެވި މެންބަރުންގެ ތެރޭގައި ނިހާނު ވެސް ހިމެނެ އެވެ.

ނިހާނު ވިދާޅުވީ އެކަންތައް އެހާ ހިސާބަށް ދިޔައީ މަޖިލިސް ރައީސްގެ ކޮޓަރިކޮޅުގެ ބޭރުގައި ތިބެގެން އިދިކޮޅު މެންބަރުން ހިންގި ކަންތައްތަކުގެ ސަބަބުން ކަމަށެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
23 އޯގަސްޓް 2017 | ބުދަ 17:44
ގާދިރު
ނުފެނޭބުނިގޮތައްއެއްވެސްތަނެއްނުފެނިއްޖެއްޔާކީކޭބާދެންބުނާނީ
23 އޯގަސްޓް 2017 | ބުދަ 14:03
މެންބަރު
ކިތަންމެ އެއްޗެއް ހަލާކު ކުރިޔަސް ޙަރާން މުސާރައިން ބައި ލާރިވެސް އުނި ނުވާނެ ވިއްޔަ
23 އޯގަސްޓް 2017 | ބުދަ 11:52
AR
Saabahey thiohgen moyavanee heevanee majileehakeeves amilla gehen thivaru bodu bodethi firihenun thakeh viyya dhen kihineh rayyithakah hamajehumeh othy mee rayyithun thamseelu kuran thibi membarunge haalathu
23 އޯގަސްޓް 2017 | ބުދަ 11:02
ސިނޓި
ދައުލަތުގެ މުދަލަށް ގެއްލުން ދިންކަމުގެ ދައުވާ ނުކުރެވޭނެ! ދޯ؟