ކ. މާލެ
|
23 އޯގަސްޓް 2017 | ބުދަ 00:41
މާލޭގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިފަ
މާލޭގެ ބޮޑުބަޔަކުން ކަރަންޓު ކެނޑިފަ
ރާއްޖެ އެމްވީ
މާލެއިންކަރަންޓު ކެނޑުން
މާލޭގެ ބޮޑު ބަޔަކުން ކަރަންޓު ހިނގައްޖެ
ކަރަންޓުކެނޑިފައިވަނީ ސްޓެލްކޯގެ މައި 2 އިންޖީނަކަށް ދިމާވި މައްސަލަ އަކާއި ގުޅިގެން
މައްސަލަ ހައްލުކުރުމަށް ސްޓެލްކޯއިން ދަނީ މަސައްކަތްކުރަމުން
މިަފަހަކަށް އައިސް މާލޭގެ އެކިސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވޭ

މާލޭގެ ބޮޑު ބަޔަކުން ކުއްލިގޮތަކަށް ކަަރަންޓު ހިނގައްޖެއެވެ.

މާލޭގެ ބޮޑު ބަޔަކުން ކަރަންޓުގޮސްފައިވަނީ މިރޭ 11:00 ހާއިރުގައެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ސްޓެލްކޯއިން ބުނެފައިވަނީ މާލޭގެ ބޮޑުބަޔަކުން ކަރަންޓު ދިޔައީ ސްޓެލްކޯގެ މައި 2 ޖަނަރޭޓަރަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ. އެގޮތުން އެ 2 ޖަނަރޭޓަރު ކުއްލިގޮތަކަށް ނިވިފައި ވާ ކަމަށާއި، މައްސަލަ ހައްލުކުރުމަށް ސްޓެލްކޯގެ ޓެކްނިކަލް ޓީމުން މަސައްކަތް ކުރަމުންދާކަމަށް ބުނެފައިވެއެވެ. މައި 2 އިންޖީނު ނިވުމަށް މެދުވެރިވި ސަބަބެއްކަމަށް ސްޓެލްކޯއިން ބުނީ ކޭބަލް އަކަށް ދިމާވި މައްސަލަ އަކާއި ގުޅިގެންކަމަށެވެ.

ސްޓެލްކޯގެ މައި 2 އިންޖީނަށް ދިމާވި މައްސަލަ އަކާއި ގުޅިގެން މައްޗަންގޯޅި އާއި ހެންވޭރާއި ގަލޮޅުގެ އިތުރުން މާފަންނުގެ ބޮޑުބަޔަކުން ވަނީ ކަރަންޓު ގޮސްފައެވެ. 

މިފަހަކަށް އައިސް މާލޭގެ އެކި ސަރަހައްދުތަކުން ވަރަށް ގިނައިން ކަރަންޓު ކެނޑުމުގެ މައްްސަލަތައް އަންނަނީ ދިމާވަމުންނެވެ. ސްޓެލްކޯއިން ބުނާގޮތުގައި ކަރަންޓު ކެނޑުމުގެ މައްސަލަތައް ދިމާވަނީ އިންޖީނުތަކަށް ޖެހޭ ބައެއްކަހަލަ މައްސަލަތަކުގެ ސަބަބުންނާއި، މާލޭގެ ކަރަންޓު ވިއުގަ ތަރައްގީކުރުމުގެ މަސައްކަތްތައް ކުރަމުންދާތީކަމަށެވެ. 

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް