ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 21:44
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު
އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު
އަޒުމޫން އަހުމަދު
އުއްތަމަ ފަނޑިޔާރު
އުއްތަމަ ފަނޑިޔާރު ބެންގަލޫރަށް ފުރާވަޑައިގަންނަވަނީ؟ އެނބުރި ވަޑައިގަންނަވާނީ ރައީސްގެ ޙައްޖު ދަތުރުފުޅަށް ފަހު!
މި ދަތުރުފުޅަކީ ބައެއް ފަރާތްތަކުން ޕްރެޝަރު ކުރައްވައިގެން ކުރައްވާ ދަތުފުޅެއް
ބަންޑާރަ ނައިބު ހުށަހެޅުއްވި މައްސަލައިގައި ވަރަށް އަވަހަށް ޙުކުމް ނެރެފައިވޭ
މެންބަރުން ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި ޙުކުމް ލަސްވަނީ ކީއްވެތޯ މަޚްލޫފް ވަނީ ސުވާލު އުފައްދަވާފަ

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު އިންޑީއާގެ ބެންގަލޫރޫއަށް ފުރާވަޑައިގަންނަވަން ތައްޔާރުވެވަޑައިގެންފައިވާ ކަމުގެ މަޢުލޫމާތު ލިބިވަޑައިގެންފައިވާ  ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ  ބައެއް މެންބަރުންގެ މެންބަރުކަން ގެއްލުނު ކަމަށް އިލެކްޝަން ކޮމިޝަނުން ނިންމި މައްސަލައިގައި 4 މެންބަރަކު ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގައި ޙުކުމް ކުރުން ސުޕްރީމް ކޯޓުން ލަސްކުރާ މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވާ  ވާހަކަފުޅު ދައްކަވަމުން، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ ތަރުޖަމާނު، އަދި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙުމަދު މަޚްލޫފް ވިދާޅުވީ، އުއްތަމަ ފަނޑިޔާރު، ޢަބްދުﷲ ސައީދު އިންޑިއާގެ ބެންގަލޫރޫއަށް ފުރާވަޑައިގަންނަވަން އުޅުއްވާ ކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށެވެ. މަޚްލޫފް ވަނީ އުއްތަމަ ފަނޑިޔާރުގެ މި ދަތުރުފުޅަކީ ބައެއް ފަރާތްތަކުން ޕްރެޝަރު ކުރައްވައިގެން ކުރައްވާ ދަތުފުޅެއް ކަމަށް ދޭހަވާ ގޮތަށް ވެސް ވާހަކަ ދައްކަވާފައެވެ.

"މިހާރު އަޅުގަނޑުމެންނަށް މަޢުލޫމާތު  ލިބެނީ، އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސައީދު  ބެންގަލޫރަށް ފުރާވަޑައިގަންނަވަނީއޭ. އަދި އެނބުރި ވަޑައިގެންނެވޭނީ  ރައީސް ޔާމީންގެ ޙައްޖު ދަތުރުފުޅަށް ފަހޭ. މިހެނެއް މިކަމެއް ނުކުރެވޭނެ. އަޅުގަނޑު  މި ދަންނަވަނީ ސީދާ ޖެނެރަލް ޝިޔާމު  މިލިޓަރީ ޔުނީފޯމުގަ ސުޕްރީމް ކޯޓަށް ވަޑައިގެން ފަނޑިޔާރުންނަށް ބިރު ދައްކައިފިއޭ. އަޅުގަނޑުމެންނަށް އެނގެޔޭ. އެހެންނެއް  ނުހެދޭނެ އެނގޭތޯ. އެ ފަނޑިޔާރުންގެ ސެކިއުރިޓީއާ ގުޅޭ ކަންކަމާމެދު ސުވާލު އުފައްދާ ބިރުގަންނަވައިފި" މަޚްލޫފް  ވިދާޅުވިއެވެ.

ދާދިފަހުން ސުޕްރީމް ކޯޓަށް ބަންޑާރަ ނައިބު ހުށަހެޅުއްވި ދުސްތޫރީ މައްސަލައެއްގައި ހަފްތާއެއްހާ ދުވަހުގެ ތެރޭގައި  ޙުކުމް ކުރެވުނު އިރު، މެންބަރުން ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައި ޙުކުމް  ލަސްވަނީ ކީއްވެތޯ  މަޚްލޫފް ވަނީ ސުވާލު އުފައްދަވާފައެވެ.

މަޚްލޫފް  ވިދާޅުވީ، ގުޅިފައިވާ  ޕާޓީތަކުގެ  އެދުމަކީ ސުޕްރީމް ކޯޓުގެ  ޙުކުމް ކޮންމެ ގޮތަކަށް އޮތް ނަމަވެސް، އެ ޙުކުމް ސުޕްރީމް ޚޯޓުން ނެރެދިނުން  ކަމަށާ، އެ ޙުކުމަކީ ގިނަ މައްސަލަތަކަކަށް ޙައްލަކަށް ވެގެންދާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
23 އޯގަސްޓް 2017 | ބުދަ 23:48
ހަސީނާ
މީނަގެރަށު ގާތްމީހަކު ވަރަށްރަނގަޅައް މީނަގެ ހަގީގަތްކިޔާދިން! ހަމަ އަންތަރީސްވި...