ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 20:04
ރައްޔަތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން، މެމްބަރުންނަށް ވަނީ އަނިޔާތަކެއް ވެފައި
ރައްޔަތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން، މެމްބަރުންނަށް ވަނީ އަނިޔާތަކެއް ވެފައި
ރާއްޖެ އެމްވީ
މަޖިލީހަށް ސިފައިން ވަނުން
މަޖިލީހަށް ސިފައިން ވަތް މައްސަލަ އައިޕީޔޫ އިން ކުށްވެރިކޮށްފި
މަޖިލިސް މެމްބަރުންނަށް ވަނީ އަނިޔާވެފައި
ސިފައިން ވަނީ މަޖިލިސް މެމްބަރުން ވަނުމަށް ދެކޮޅު ހަދާފައި

ރައްޔަތުންގެ މަޖިލީހަށް ސިފައިން ވަތް މައްސަލަ އިންޓަރ ޕާލިމެންޓަރީ ޔޫނިއަން (އައިޕީޔޫ) އިން ކުށްވެރިކޮށްފިއެވެ.

އައިޕީޔޫގެ ސެކެޓްރީ ޖެނެރަލް މާޓިން ޗުންގޮން ކުރެއްވި ޓުވީޓެއްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ސިފައިން ވަތް މައްސަލަ އައިޕީޔޫ ޕީޑީޓީ އަދި އެމަނިކުފާނުވެސް ކުށްވެރިކުރައްވާ ކަމަށެވެ.

ދުނިޔޭގެ ގައުމުތަކުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ތަމްސީލު ކުރާ މައި ޖަމިއްޔާއިން މިކަން ކުށްވެރިކޮށްފައިވާއިރު، ދިވެހި ސިފައިން ދަނީ ރައްޔިތުންގެ މަޖިލީހަށް އެމަޖިލީހުގެ މެންބަރުން ވަދެވަޑައިގަތުމަށް ހުރަސްއަޅައި، ޤާނޫނާއި ޚިލާފަށް މަޖިލީހުގެ ޖަލްސާތައް ހިނގާ ވަގުތު މަޖިލީހުގެ ތަޅުމުގައި ހަރަކާތްތެރިވަމުންނެވެ. 

މަޖިލީހަށް ސިފައިން ވަތް މައްސަލަ އައިޕީޔޫއިން ކުށްވެރިކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހާމެދު ކަންކުރަމުންދާ ގޮތާއިމެދު އެ ޖަމުޢިއްޔާއިން ދާދިފަހުންވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެގޮތުން އެފަހަރު އައިޕީޔޫ އިން ވަނީ މަޖިލީހުގެ ނަޒާހަތްތެރިކަން ދެމެހެއްޓުމަށްވެސް ގޮވާލާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް