ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 18:28
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
ގާސިމް އިބްރާހިމް
ގާސިމްގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ އަށް ތާވަލުކޮށްފި، އޮންނާނީ ހެކިބަސް ނެގުން
ގާސިމް އިބްރާހިމް ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާފައިވަނީ ބުދަ ދުވަހުގެ 11.00އަށް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްޗަށް ދައުވާކުރާ ރިޝްވަތުގެ މައްސަލައިގެ ހެކިބަސް ނެގުން ބުދަ ދުވަހަށް  ކްރިމިނަލް ކޯޓުގައި ތާވަލްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ ބާއްވަން ނިންމާފައިވަނީކޮށް، ގާސިމްގެ މައްސަލަ 11:00 އަށް ތާވަލުކޮށް، އޭނާ އަށް ވަނީ ޗިޓް ފޮނުވައިފަ އެވެ. މާދަމާގެ ޝަރީއަތުގައި އޮންނާނީ ހެކިބަސް ނެގުމާއި، ހެއްކާއި ގުޅޭ ގޮތުން ވާހަކަދެއްކުމެވެ.

 

ގާސިމްގެ މައްޗަށް ދައުވާ ކުރަނީ، ގާނޫނު ނަމްބަރު 2014/09 "ދިވެހިރާއްޖޭގެ ގާނޫނުލް އުގޫބާތު"ގެ 510 ވަނަ މާއްދާގެ ށ އާއި ހަވާލާދީ އެ މާއްދާގެ ރ.ގެ ދަށުން ރިޝްވަތު ދިނުމަށް ހުށައެޅުމުގެ ތުޙުމަތުގައެެވެ.

 

ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ށ. ގެ ދަށުން ގާސިމްގެ މައްޗަށް ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ދައުވާ އުފުލާފައި ވާއިރު، އެއީ ޖިނާޔަތުގެ ތިން ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ޙުކުމެކެވެ. އަދި މި ކުށަށް ދެވޭނެ އެންމެ ބޮޑު އަދަބަކީ އަށް އަހަރުގެ ދުވަހުގެ ޖަލު ޙުކުމެކެވެ.

 

ގާސިމްގެ މައްޗަށް ކުށް ސާބިތުވެއްޖެނަމަ އޭނާ ތަމްސީލު ކުރައްވާ މާމިގިލީ ދާއިރާގެ މެންބަރުކަމުގެ ގޮނޑި ގެއްލޭނެއެވެ. ގާނޫނު އަސާސީގެ 73 ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ޖިނާއީ ކުށެއް ސާބިތުވެ 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ޖަލު ހުކުމެއް ތަންފީޒް ކުރަން ޖެހިއްޖެނަމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމުން ވަކިވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް