ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 16:42
އަދީބުގެ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ދޫނިދޫއަށް ގެންދަނީ
އަދީބުގެ ޝަރީއަތުގެ އަޑުއެހުމަކަށް ފަހު ދޫނިދޫއަށް ގެންދަނީ
މުހައްމަދު ޝަރުހާން
އަދީބުގެ ޝަރީއަތް
އަދީބުގެ މައްޗަށް އިތުރު ދެ ދައުވާއެއްކޮށް މާދަމާ ޝަރީއަތް ފަށަނީ
ޖުލައި 31 ވަނަ ދުވަހު އަދީބަށް އަށް ދައުވާކުރި
މިމަހުގެ 15 ވަނަ ދުވަހު އިތުރު ދެ ދައުވާ
މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިތުރު ދެ ދައުވާއެއް އުފުލައި، އެ ދައުވާތަކުގެ  ޝަރީއަތް ބުދަ ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފި އެވެ.

އަދީބުގެ މައްޗަށް ދެ ދައުވާއެއް ކޮށްފައި ވަނީ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގަ އެވެ. އެގޮތުން ޖުލައި 31 ވަނަ ދުވަހު އަދީބުގެ މައްޗަށް އަށް ރަށެއްގެ މައްސަލައިގައި  ދައުވާ  ކޮށްފައިވަނިކޮށް، އިތުރު ދެ ރަށެއްގެ މައްސަލައިގައި  މިމަހުގެ 15 ވަނަ ދުވަހު ވަނީ ދައުވާ ކޮށްފަ އެވެ.

މި 10 މައްސަލައިގައި އަދީބުގެ މައްޗަށް ކޮށްފައި ވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ދައުވާ އެވެ.

 

މިމަހުގެ ތެރޭގައި އުފުލި ދެ ދައުވާގެ ޝަރީއަތް ބުދަ ދުވަހު ފަށާއިރު، ޖުލައި މަހުގެ ތެރޭގައި އުުފުލި އަށް ދައުވާގެ ތެރެއިން އަށް ދައުވާގެ ޝަރީއަތް މިހާރު ވަނީ ފަށާފަ އެވެ. އެގޮތުން އެ މައްސަލަތަކުގެ ފުރަތަަމަ އަޑުއެހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ބާއްވާފަ އެވެ.

އެ އަޑުއެހުމުގައި އަދީބު ވިދާޅުވީ މި މައްސަލަތަކުގައި ދައުވާ ކޮށްފައި މިވަނީ ރައީސް އޮފީހުން އަންނަން ޖެހޭ ސިޓީއެއް ލަސްވުމުން  ކަމަށާއި އަދި ފަހުން އެ ސިޓީތައް ވެސް ލިބުނު ކަމަށެވެ.

ދައުވާތަކުގައި ބުނެފައިވަނީ ޓޫރިޒަމާބެހޭ ގާނޫނުގެ 4 ވަނަ މާއްދާއާ ޚިލާފަށް، އަށް ރަށެއްގައި ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވުމުގެ ކުރިން، އެރަށްތައް 50 އަހަރު ދުވަހުގެ މުއްދަތަށް އެމްއެމްޕީއާރްސީއަށް ކުއްޔަށް ދޫކުރުމަށް އެގްރީމެންޓް ހަދާފައިވާ ކަމަށެވެ.

މިހާރު ވެސް ތިން މައްސަލައެއްގައި 33 އަހަރުގެ ޖަލު ހުކުމްތަކެއް ތަންފީޒް ކުރައްވަމުން ގެންދަވާ އަދީބުގެ މައްޗަށް، އޭސީސީން ތަހުގީގު ކުރި އެމްއެމްޕީއާރްސީ މައްސަލައާ ގުޅިގެން ޖުމްލަ 10 ދައުވާއެއް ކޮށްފައިވާއިރު، ކޯޓުގައި މިހާރު ވެސް އަދީބުގެ އިތުރު ދެ މައްސަލައެއް އެބައޮތެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން ސްނައިޕަރަކު ގެނައި ކަމަށް ބުނެ އުފުލާފައިވާ ދައުވާއާއި، ހިބަޅިދޫ އިން ފެނުނު ހަތިޔާރުގެ މައްސަލައިގައި އުފުލާފައިވާ ދައުވާގެ މައްސަލަ ކޯޓުގައި އެބައޮތެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް