ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ބިދޭސީ އަކު ހޯދަން އިއުލާންކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި ހޯދަން އިއުލާންކޮށްފައި ވަނީ ބަންގްލަދޭޝް ރައްޔިތެއް ކަމަށްވާ އެމްޑީ ނޫހިން ހޮސެން (32 އ) އެވެ.
ފުލުހުން ބުނީ ނޫހިން ހޯދަނީ ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ކަމަށެވެ.
ފުލުހުން ވަނީ ނޫހިންއާ ގުޅޭ އެއްވެސް މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައިވާނަމަ ލަސްނުކޮށް އެ މައުލޫމާތު ފުލުހުންނާ ހިއްސާ ކުރުމަށް ވެސް އެދިފަ އެވެ.