ކ. މާލެ
|
12 ފެބްރުއަރީ 2025 | ބުދަ 00:08
ރަށު އެކްސްޕޯ ގެ ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައި އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި
ރަށު އެކްސްޕޯ ގެ ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައި އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައި
ބީއެމްއެލް
ރަށު އެކްސްޕޯ
ރަށު އެކްސްޕޯ ގެ ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް
"ރަށު އެކްސްޕޯ" ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 13ން 15ށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ.

ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމަށް ބާއްވާ ހާއްސަ "ރަށު އެކްސްޕޯ"ގެ ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖައްސައިފިއެވެ

މި އެއްބަސްވުމާ ގުޅޭގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ޗީފް ބިޒްނަސް އޮފިސަރ މޫސާ ނިމާލް ވިދާޅުވީ ވަރަށް ގިނަ ރައްޔިތުންނާ ގުޅޭ މިފަދަ އެކްސްޕޯއެއްގައި ބީއެމްއެލް އަށް ބައިވެރިވުމުގެ ފުރުސަތު ލިބުމަކީ ލިބޭ ފަޚުރެއް ކަމަށެވެ. އަދި މިއީ ވިޔަފާރިތަކާއި އާއްމުން ގުޅުވާލަދޭނެ މުހިއްމު އެކްސްޕޯއަކަށް ވެގެންދާނޭކަށް އުއްމީދުކުރައްވާ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ދަ ޓްރެވަލް ގައިޒްގެ ޑިރެކްޓަރ ޑރ. ހުސައިން ސަނީ އުމަރު ވިދާޅުވީ ރަށު އެކްސްޕޯގެ ބޭންކިންގ ޕާޓްނަރަކަށް ބޭންކް އޮފް މޯލްޑިވްސް ހަމަޖެހިގެން ދިއުމަކީ ރާއްޖޭގެ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށް އެ ބޭންކު ދޭ އަހަމިއްޔަތުކަން ހާމަވާކަމެއް ކަމަށެވެ. އަދި ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭންކިންގ ޚިދުމަތް ދޭ ކުންފުނިން މި އިވެންޓުގައި ބައިވެރިވިކަމީ މި އެކްސްޕޯ އަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށެވެ. މީގެ އިތުރުން މިއީ ފަތުރުވެރި ދާއިރާގައި އުފެދިގެން އަންނަ ކުންފުނިތަކާއި ރަށްރަށުގެ ތަރައްގީއަށް ބީއެމްއެލްއިން އިސްކަންދޭކަމުގެ ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ރަށު އެކްސްޕޯ" ބޭއްވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 13ން 15ށް ހުޅުމާލޭ ސެންޓްރަލް ޕާކްގައެވެ. މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ގިނަ ސްޓޯލް ހުންނާނެއެވެ.

- ކޮމެންޓް