ކ. މާލެ
|
9 ފެބްރުއަރީ 2025 | އާދީއްތަ 09:29
ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑު ކުޅުނު މެޗުގެ ތެރެއިން
ރެއާލް މެޑްރިޑާއި އެތުލެޓިކޯ މެޑްރިޑު ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ސްޕެނިޝް ލީގު
ރެއާލް އާއި އެތުލެޓިކޯ އެއްވަރުވެ، ލީގު ވާާދަވެރިކަން ބޮޑު ވެއްޖެ
މެޗު އެއްވަރުވެ ރެއާލް އެއް ވަނައިގައި އޮތީ ޕޮއިންޓެއްގެ ލީޑަކުންނެވެ. މިހާތަނަށް ލީގުގައި ކުޅެފައިވާ 23 މެޗުން ރެއާލަށް ލިބެނީ 50 ޕޮއިންޓެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އެތުލެޓިކޯ އަށް ލިބެނީ 49 ޕޮއިންޓެވެ. މި ދެ ޓީމަށް ވުރެ އެއް މެޗު މަދުން ކުޅެގެން ތިން ވަަނައިގައި ބާސެލޯނާ އަށް ލިބެނީ 45 ޕޮއިންޓެވެ.

ސްޕެނިޝް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާއި، އެތުލެޓިކޯ މެޑްރިޑު ބައްދަލު ކުރި މެޗު އެއްވަރުވެ ލީގުގެ ވާދަވެރިކަން ބޮޑުވެއްޖެ އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ ދެ ޓީމު 1-1 އިން އެއްވަރުވެގެންނެވެ. މެޗުގައި އެތުލެޓިކޯ އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ރެއާލް އިން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ރެއާލްގެ އޭރިޔާ ތެރެއިން އެ ޓީމުގެ ކުޅުންތެރިޔަކު، އެތުލެޓިކޯގެ ކުޅުންތެރިޔަކަށް ފައުލް ކުރުމުން، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) ބެލުމަށްފަހު ރެފްރީ ވަނީ އެތުލެޓިކޯ އަށް ޕެނަލްޓީއެއް ދީފަ އެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް އެތުލެޓިކޯ އަށް ކުރި ހޯދައިދިނީ އާޖެންޓީނާގެ ހޫލިއަން އަލްވަރޭޒް އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނެޓުގައި ރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ފްރާންސްގެ ކީލިއަން އެމްބާޕޭ އެވެ. އެއީ އެތުލެޓިކޯގެ އޭރިޔާ ތެރެއިން ރެއާލްގެ ޖޫޑް ބެލިންހަމް ފޮނުވާލި ބޯޅަ އެތުލެޓިކޯގެ ޑިފެންޑަރެއްގެ ފައިގައި ޖެހިފައި ރީބައުންސަށް އައި ވަގުތު، ގޯލަށް ބޯޅަ ވައްދާލައިގެން އެމްބާޕޭ ޖެހި ލަނޑެކެވެ.

- ކޮމެންޓް