ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 10:34
މިއަދުގެ ޖަލްސާއަށް ފަހު މަޖިލީހުގެ އިދާރާގެ ބޭރުގައި ރޮޒައިނާ ރާއްޖެ ޓީވީ އަށް އިންޓަވިއު ދެއްވަނީ
މިއަދުގެ ޖަލްސާއަށް ފަހު މަޖިލީހުގެ އިދާރާގެ ބޭރުގައި ރޮޒައިނާ ރާއްޖެ ޓީވީ އަށް އިންޓަވިއު ދެއްވަނީ
މުހައްމަދު ޝަރުހާން
މަޖިލިސް
މަސީހުގެ އިތުބާރުގެ މައްސަލަ ސައްހަވާނެ ކަމަށް ކައުސެލް ޖެނެރަލް ވިދާޅުވި: ރޮޒައިނާ
މަސީހުގެ މައްސަލަ ބޭރު ކޮށްލުމަށް ލަފާ ނުދެއްވާ ކަމަށް ފިލްޒާ ވިދާޅުވި ކަމަށް ރޮޒައިނާ ވިދާޅުވޭ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމުގެ މައްސަލަކީ ސައްހަ މައްސަލައެއް ކަމަށާއި އެ މައްސަލަ ބޭރު ނުކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކައުންސެެލް ޖެނަރަލް ފާތިމަތު ފިލްޒާ ވިދާޅުވި ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގަ ޖަލްސާ އަށް ފަހު ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރޮޒައިނާ ވިދާޅުވީ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއި ކުރެއްވި ބައެއް މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނަމަވެސް އެ މައްސަލަ ބޭރު ނުކުރެވޭނެ ކަމަށް ފިލްޒާ ވިދާޅުވެފައިވާ ކަމަށެވެ.

ރޮޒައިނާ ވިދާޅުވީ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލާގައި ސޮއި ކުރެއްވީ މަޖިލީހުގެ މެމްބަރުގެ ގޮތުގައި ތިއްބަވަނިކޮށް ކަން ފިލްޒާ ފާހަގަ ކުރައްވާ ކަމަށެވެ. އެ މެމްބަރުންގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމުމަކީ މެމްބަރުން ހުށަހަޅާފައިވާ މައްސަލަ ބާތިލްކޮށް، ބޭރު ކޮށްލަން ޖެހޭ ސަބަަބެއް ނޫން ކަމަށް ފިލްޒާ އެ މެމްބަރުންގެ ގާތު އަނގަބަހުން ވިދާޅުވެފާތީ، އެކަން ލިޔުމުން ހޯދުމަށް އެދިވަޑައިގަންނަވާނެ ކަމަށް ރޮޒައިިނާ ވިދާޅުވިއެވެ.

މަސީހުގެ އިތުބާރު ނެތް ކަމަުގެ މައްސަލަ ބޭރުކޮށްލީ ކައުންސެލް ޖެނެރަލް ލަފާ ދެއްވައިގެން ނޫން ކަމަށާއި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މަސައްކަތް ކުރައްވަނީ ފިލްޒާގެ ލަފާގެ މަތިން ނޫން ރޮޒައިނާ ވިދާޅުވި އެވެ.

މިކަމާ ގުޅޭ ގޮތުން ފިލްޒާގެ ބަހެއް ހޯދުމަށް ފޯނުކުރި ނަމަވެސް، އޭނާ ފޯނު ނުނަންގަވާތީ ބަހެއް ލިބޭ ގޮތް ނުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް