ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 10:09
މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގެ ތެރެއިން
މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގެ ތެރެއިން
ހުސެން ފިޔާޒް
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ
މިއަދު ބޭއްވީ ޣައިރު ގާނޫނީ ޖަލްސާއެއް: މެމްބަރުން
މަޖިލީހުގެ ތެރެއިން ރަގަޅަށް ކަމެއް ކުރުމަށް މަސީހު ނޫޅޭ
މަޖިލީހުގައި އޮތީ ސިފައިންގެ ކޮންޓްރޯލް

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަކީ ޣައިރު ގާނޫނީ ޖަލްސާއެއް ކަމަށް ބައެއް މެމްބަރުން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީ ދެއްވި އިންޓަވިއުގައި މައްޗަންގޯޅި އުތުުރު ދާއިރާގެ މެންބަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވީ މަޖިލީހުގެ ރިޔާސަތުގައި އަބްދުﷲ މަސީހު އިންނެވި ނަމަވެސް އޭނާ މެމްބަރުންގެ އިތުބާރެއް ނެތް ކަމަށެވެ. އަދި އޭނާ އަށް މަޖިލީހުގެ ރައީސްގެ ނަމުން މުޚާތަބު ނުރައްވާނެ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

މިއަދުގެ ޖަލްސާގެ ނިންމުންތަކަކީ ވެސް ޣައިރު ގާނޫނީ ނިންމުންތަކެއް ކަމަށާއި މަޖިލިސްގެ ތެރެެއިން ފެނިގެން ދަނީ ސަރުކާރުން ބުނާ، ވަކި ބަޔަކަށް މަންފާވާނެ ގޮތަށް މަޖިލިސް ހިންގާ ތަން ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް ތާއީދު ނެތުމުން މަސައްކަތް ކުރައްވަނީ މަޖިލީހުގައި ތަޅު އަޅުވައިގެން، ގަދަބާރުން ކަންކަން ކުރުމަށް ކަމަށް ވެސް މާރިޔާ ވިދާޅުވިއެވެ.

މިއަދު 15 ވަނަރަށް މިނެޓަށް ކުރިއަށްދިޔައިރު، މާރިޔާ ވިދާޅުވީ މަޖިލީހުގެ ތަޅުމުގައި މަސީހު ދެއްކެވި އެއްވެސް ވާހަކައެއް ނިންމެވި ނިންމެވުމަށް މެމްބަރުންނަށް އަޑުއިވި ވަޑައިނުގަންނަވާ ކަމަށެވެ. މެމްބަރުން އިހްތިޖާޖުކުރަމުން ގެންދާއިރު، މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަކީ، އެއްވެސް ހާލެއްގައި ރަގަޅު ނިޔަތެއްގައި މަޖިލީހުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމަށް ކުރައްވާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މާރިޔާގެ އިތުރުން މަޖިލީހުގެ މަޖިލީހުގެ ބައެއް އެހެން މެމްބަރުން ވެސް ވިދާޅުވީ މިއަދުގެ ޖަލްސާއަކީ ސައްހަ ޖަލްސާއެއް ނޫން ކަމަށެވެ.

މަތިވެރީ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ވިދާޅުވީ މަޖިލީހުގެ އިދާރާއިން މިއަދު ފެނިގެން ދިޔައީ ސިފައިންގެ ކޮށްޓެއްގެ ގޮތުގައި ކަމަށާއި މަޖިލީހުގެ މާލަމުގައި ވެސް މެމްބަރުންނަށް އަމުރު ކުރަމުން ގެންދިޔައީ ސިފައިން ކަމަށެވެ. އެހެންވެ، މިއަދުގެ ޖަލްސާއަކީ ސައްހަ ޖަލްސާއެއް ނޫން ކަމަށް އޭނާ ވެސް ވިދާޅުވި އެވެ.

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވިދާޅުވީ މިއަދުގެ ޖަލްސާއަކީ ސައްހަ ޖަލްސާއެއް ނޫން ކަމަށާއި މަސީހު ރިޔާސަތުގައި އިންނަވައިގެން ބާއްވާ ޖަލްސާތައް ސައްހަ ނުވާނެ ކަމަށާއި މި ޖަލްސާތަކުން ނިންމާ ނިންމުންތައް ސައްހަ ނުވާނެ ކަމަށް ވެސް މަޖިލީހުގެ އިދާރާއަށް އިދިކޮޅު މެމްބަރުންގެ ފަރާތުން ވަރަށް އަވަހަށް އަންގާނެ ކަމަށެވެ.

ގަދަބާރު ބޭނުންކޮށްގެން މަޖިލީހުގެ ރިޔާސަތުގެ ގޮނޑީގައި މަސީހު އިންނަވަން ބޭނުންފުޅުވި ނަމަވެސް، ވަރަށް އަވަހަށް ރިޔާސަތުގެ ގޮނޑި ބަދަލު ކުރައްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
22 އޯގަސްޓް 2017 | އަންގާރަ 12:01
ހަސަނު
ޢައިރުގާނޫނީޖަލްސާޔަން އަންނާނި ޢައިރުގާނޫނީމީހުން