ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 10:09
އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރެއްވުމަށް ނިންމަވާފައިވާ އަހުމަދު ނަސީރު
އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރެއްވުމަށް ނިންމަވާފައިވާ އަހުމަދު ނަސީރު
ޓްވިޓަރ
އެމްއެމްއޭގެ ގަވަރުނަރު
ގަވަރުނަރު ކަމަށް ނަސީރު އައްޔަން ކުރެއްވުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވައިފި
ކޮމެޓީއަށް ފޮނުވީ އިހުތިޖާޖު ކުރިއަށް ދަނިކޮށް
އަޒީމާ އިސްތިއުފާ ދެއްވުމުން މަގާމު ހުސްވެފައި
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ގަވަރުނަރުގެ މަގާމަށް އަހުމަދު ނަސީރު އައްޔަން ކުރެއްވުމުގެ މައްސަލަ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީއަށް ފޮނުވައިފި އެވެ.

ގަވަރުނަރު ކަމަށް އަހުމަދު ނަސީރު އައްޔަން ކުރެއްވުމުގެ މައްސަލަ ކޮމެޓީއަށް ފޮނުވާފައިވަނީ އިދިކޮޅު މެންބަރުން އިހުތިޖާޖު ކުރަމުންދަނިކޮށެވެ. ބައެއް މެންބަރުން ވިދާޅުވާ ގޮތުގައި މައްސަލަ ކޮމެޓީއަށް ފޮނުވި ކަމަށް ވެސް ނޭނގެ އެވެ.

އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އަހުމަދު ނަސީރު އައްޔަން ކުރެއްވުމަށް، ރުހުން ހޯދުމަށް މަޖިލީހަށް ފޮނުވާފައިވަނީ އާދިއްތަ ދުވަހު އެވެ.

ގަވަރުނަރުގެ މަގާމަށް އަަހުމަދު ނަސީރު އައްޔަން ކުރެއްވުމަށް ނިންމެވުމުގެ ކުރިން، އެސިސްޓެންޓް ގަވަރުނަރުގެ މަގާމުގައި ހުންނެވި ނީޒާ އިމާދު އެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް ޔާމީން ނިންމެވި އެވެ. ނަމަވެސް، ނީޒާގެ ނަން ނެގުމަށްފަހު އަލީ ނަސީރު އެ މަގާމަށް އައްޔަން ކުރެއްވުމަށް ނިންމެވުމާއެކު ނީޒާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ.

ގަވަރުނަރުގެ މަގާމު ހުސްވީ، 2014 ވަނަ އަހަރުން ފެށިގެން އެމަގާމުގައި ހުންނެވި ޑރ. އަޒީމާ އާދަމް އިސްތިއުފާ ދެއްވުމުންނެވެ. އަޒީމާ އިސްތިއުފާ ދެއްވީ ފިރިކަލުން އަލީ ނަސީރު (އަލިނީ) އަކީ މިހާރު އދ. ގައި ހުންނަވާ ރާއްޖޭގެ މަންދޫބު ކަމަށް ވުމާ އެކު ދިރިއުޅުން ނިއު ޔޯކަށް ބަދަލުކުރެއްވުމަށެވެ.

ގަވަރުނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށްނިންމަވާފައިވާ ނަސީރަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި ބޭފުޅެކެވެ. 

ނަސީރަކީ އިކޮނޮމިކްސް އެންޑް މާކެޓިންގެ ދާއިރާއިން ބެޗްލާސް އޮފް ކޮމާސް އަދި ޕޮލިސީ އެކޮނޮމިކްސްގެ ދާއިރާއިން މާސްޓާސް ހާސިލް ކުރައްވާފައިވާ ބޭފުޅެކެވެ.

އެމްއެމްއޭގެ އިސް މަގާމްތަކެއް ވެސް ފުރުއްވާފައިވާ ނަސީރަކީ ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި މިހާރު އޭނާ އަކީ ކ. އަތޮޅު އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް