ކ. މާލެ
|
5 ފެބްރުއަރީ 2025 | ބުދަ 12:15
އަލްފަންސޯ ޑޭވިސް، ބަޔާންގެ އެއްބަސްވުން އައު ކުރުމަށްފަހު
އަލްފަންސޯ ޑޭވިސް، ބަޔާންގެ އެއްބަސްވުން އައު ކުރުމަށްފަހު
ރޮއިޓާސް
ބަޔާން މިއުނިކް
އަލްފަންސޯ ޑޭވިސް، ބަޔާންގެ އެއްބަސްވުން އައު ކޮށްފި
ބަޔާނާ އެކު ޑޭވިސް ސޮއި ކުރި އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅެމުން އަންނަ ކެނެޑާގެ ޑިފެންޑަރު، އަލްފަންސޯ ޑޭވިސް އެ ކުލަބުގެ އެއްބަސްވުން އައު ކޮށްފި އެވެ.

އުމުރުން 24 އަހަރުގެ ކުޅުންތެރިޔާ ބަޔާން އާއެކު ސޮއި ކޮށްފައި އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވާން އޮތީ މިއަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ތެރޭގައި ބަޔާނުން ވަނީ އެއްބަސްވުން އައު ކުރުމުގެ މަޝްވަރާތައް ޑޭވިސްއާއެކު ފަށައިފަ އެވެ. އަދި ބަޔާނުން އޭނާ އަށް އައު އެއްބަސްވުމެއް ހުށަހަޅާފައި އޮންނަތާ ވެސް ދުވަސް ކޮޅެއް ވެއްޖެ އެވެ.

ޑޭވިސް މިހާރު ވަނީ އިތުރު ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ބަޔާންގައި މަޑު ކުރަން ނިންމައި، އައު އެއްބަސްވުމުގައި ސޮއި ކޮށްފަ އެވެ. ބަޔާނުން މިހާރު ވަނީ އެކަން ރަސްމީކޮށް އިއުލާން ވެސް ކޮށްފަ އެވެ. ބަޔާނާ އެކު ޑޭވިސް ސޮއި ކުރި އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2030 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

އައު އެއްބަސްވުމުގައި ސޮއި ކުރުމަށްފަހު ޑޭވިސް ބުނީ، ބަޔާންގެ އެއްބަސްވުން އައު ކުރުމަކީ އޭނާ އަށް ލިބޭ ވަރަށް ބޮޑު ހިތްހަަމަ ޖެހުމެއް އަދި އުފަލެއް ކަމަށެވެ. އަދި އޭނާގެ އުމުރުން އެންމެ 18 އަހަރުގައި ބަޔާނަށް ބަދަލުވީއިރު، އެ ކުލަބާ އެކު ކުރިއަށް އޮތް ތަނުގައި ވެސް ގިނަ ކާމިޔާބީތަކެއް ޙާސިލު ކުރަން ބޭނުންވާ ކަމަށް ވެސް ޑޭވިސް ވަނީ ބުނެފަ އެވެ.

ޑޭވިސް ބަޔާނަށް ބަދަލުވީ 2019 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ މިހާތަނަށް ބަޔާނަށް ކުޅެދިން

ޑޭވިސް ވަނީ މިހާތަނަށް ބަޔާނަށް 220 މެޗު ކުޅެދީ 12 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާއެކު އޭނާ ވަނީ 13 ތައްޓެއް ކާމިޔާބު ކޮށްފަ އެވެ. މިހާރު ކުރިއަށްދާ ސީޒަންގައި ވެސް އޭނާ އަކީ ބަޔާންގައި މުހިންމު ކުޅުންތެރިޔެކެވެ.

- ކޮމެންޓް