ކ. މާލެ
|
5 ފެބްރުއަރީ 2025 | ބުދަ 11:58
މެޗުގައި ލަނޑު ޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު އެތުލެޓިކޯގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ކޮޕާ ޑެލް ރޭ
ގެޓާފޭ ބަލިކޮށް، އެތުލެޓިކޯ ސެމީ ފައިނަލަށް
މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު އެތުލެޓިކޯ އިން ހޯދާފައިވާއިރު، އެ ޓީމުން ވަނީ މިހާތަނަށް 10 ފަހަރެއްގެ މަތިން އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

ސްޕެނިޝް ކޮޕާ ޑެލް ރޭ މުބާރާތުގެ ކުއާޓާ ފައިނަލްގައި ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެތުލެޓިކޯ މެޑްރިޑުން މުބާރާތުގެ ސެމީ ފައިނަލް އިން ފުރުސަތު ހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗު އެތުލެޓިކޯ އިން ކާމިޔާބު ކުރީ 5-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެތުލެޓިކޯ އިން ތިން ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ ދެ ލަނޑު ޖަހައިފަ އެވެ.

މެޗު ފަށައިގެން އަށް ވަނަ މިނެޓުގައި އެތުލެޓިކޯ އަށް ލީޑު ނަގައިދިނީ ޖިއުލިއާނޯ ސިމިއޯނޭ އެވެ. އޭނާ އެ ލަނޑު ޖެހީ ޖަވީ ގަލަން ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން މެޗުގެ 17 ވަނަ މިނެޓުގައި ރޮޑްރީގޯ ޑި ޕައުލް ސިމިއޯނޭ ވަނީ ދެ ވަނަ ލަނޑެއް ޖަހައި އެތުލެޓިކޯގެ ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ ފުރަތަމަހާފުގެ ފުރިހަމަ ވަގުތު ހަމަވާން ތިން މިނެޓަށް ވެފައި ވަނިކޮށް، އެތުލެޓިކޯގެ ތިން ވަނަ ލަނޑު ޖެހީ ސަމުއެލް ލިނޯ އެވެ.

މެޗުގައި އެތުލެޓިކޯ އިން އެ ޓީމުގެ ފަހު ދެ ލަނޑު ދެ ވަނަ ހާފުގައި ޖެހިއިރު، އެ ދެ ލަނޑު ޖެހީ ބަދަލު ކުޅުންތެރިންގެ ގޮތުގައި ކުޅެން ނިކުތް ކުޅުންތެރިންނެވެ. މެޗުގެ 78 ވަނަ މިނެޓުގައި އެންހެލް ކޮރެއާ އެތުލެޓިކޯގެ ހަތަރު ވަނަ ލަނޑު ޖެހިއިރު، އެ ޓީމުގެ ފަހު ލަނޑު ޖެހީ އެލެގްޒެންޑާ ސޯލޮތު އެވެ.

މުބާރާތުގެ ސެމީ ފައިނަލްގެ ފުރުސަތު އެތުލެޓިކޯ އިން ހޯދާފައިވާއިރު، އެ ޓީމުން ވަނީ މިހާތަނަށް 10 ފަހަރެއްގެ މަތިން އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.

- ކޮމެންޓް