މާވެޔޮ މަގުގައި ހުންނަ ކެފޭ އެއްގައި ހިންގި މާރާމާރީއެއްގައި ވަޅިން ހަމަލާދީ ބިދޭސީއަކު ޒަޚަމްކޮށްލައިފިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯގައި ފެންނަނީ މާރާމާރީގައި ޒަހަމުވި މީހާ ކެފޭ ތެރޭގައި އިށީދެގެން އިންނަ މަންޒަރެވެ. އޭރު ވެސް އޭނާގެ ހަށިގަނޑުން ލޭ ފައިބަމުންދާ މަންޒަރު މި ވީޑިއޯއިން ފެނެއެވެ. އަދި ޒަޚަމްވި މީހާ އަށް އެހީވާން ދިވެއްސަކު މަަސައްކަތް ކުރާއިރު، އެ ސަރަހައްދުގައި ފުލުހުން ވެސް ހަރަކާތްތެރިވަމުންދާ މަންޒަރު ވީޑިއޯއިން ފެނެ އެވެ.
ފުލުހުން މީީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައި ވަނީ މާރާމާރީގެ މައްސަލަ އެ އިދާރާއަށް ރިޕޯޓްކޮށްފައިވަނީ އަންގާރަ ދުވަހު މެންދުރު 12:10 ހާއިރު ކަމަށެވެ. މައްސަލަ އާ ގުޅިގެން ފުލުހުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފަ އެވެ.
މާރާމާރީ ހިންގާފައި ވަނީ ބިދޭސީންތަކެއްގެ މެދުގައި ކަމަށް ފުލުހުން ބުންޏެވެ. އަދި މި މާރާމާރީގައި ޒަހަމުވި ބިދޭސީ މީހާއަށް އައިޖީއެމްއެޗުގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ މިހާރު ބަލަމުން އަންނަކަމަށާއި މި މައްސަލައިގެ އިތުރު ތަފްސީލް ލިބޭވަރަކުން މީޑިއާތަކާއި ހިއްސާކުރައްވަމުން ގެންދާނޭ ކަމަށެވެ.