ސްޕެއިންގެ ބާސެލޯނާގައި ވޭނެއް ބޭނުންކޮށްގެން ބުރާސްފަތި ދުވަހު ދިން ހަމަލާގައި ވޭން ދުއްވި މީހާ ނުވަތަ ހަމަލާ ދިން އިސް މިހާ ސްޕެއިން ފުލުހުން ބަޑި ޖަހާ މަރާލައިފިއެވެ.
މޮރޮކޯ އަށް އުފަން ޔޫނުސް އަބޫޔައުގޫބު މަރާލީ ބާސެލޯނާގެ 40 ކިލޯމީޓަރު ހުޅަނގުގެ ސަރަހައްދަކުން، ސްޕެއިން ފުލުހުންނަށް ލިބުުނު މައުލޫމާތަކާ ގުޅިގެން ދިން ހަމަލާއެއްގައެވެ.
ރިޕޯޓުތައް ބުނާ ގޮތުން ބާސެލޯނާގެ ލަސް ރަމްބްލަސް އެވެނިއު ސަރަހައްދުގައި އަބޫޔައުގޫބު ދިން ހަމަލާގައި 13 މީހަކު މަރުވެ 100 އަށްވުރެ ގިނަ މީހުން ޒަޚަމްވިއެވެ.
އަބޫޔައުގޫބު އަށް ބަޑިން ހަމަލާ ދީ މަރާލި އިރު އޭނާ ހުރީ ފޭކް އެކްސްޕްލޯސިވް ބެލްޓެއް އަޅައިގެންނެވެ.
ބާސެލޯނާގައި ދިން ހަމަލާ އަށް ފަހު އޭގެ ގަނޑިއިރުތަކެއް ފަހުން ސްޕެއިންގެ ޓައުންއެއް ކަމަށްވާ ކެމްބްރިލްސްގައި ވެސް ވަނީ ހަމަލާއެއް ދީފައެވެ. ފޭކް އެކްސްޕްލޮސިވް ބެލްޓްތަކެއް ބޭނުންކޮށްގެން ފަސް މީހަކު ވެގެން ކާާރެއް އާންމުންގެ ތެރެއަށް ދުއްވައި އަދި އެމީހުން ވަނީ ވަޅިން ވެސް މީހުންނަށް ހަމަލާ ދީފައެވެ. މިހަަމަލާ ދިން އެންމެން ފުލުހުން މަރާލައިފައިވާއިރު ހަމަލާ ދިން މީހުން ވަނީ އަންހެނަކު މަރާލާފައެވެ.
ބާސެލޯނާ ސިޓީގަޔާއި އަދި ލަސް ރަމްބްލަސް ޓައުންގައި ދިން ހަމަލާގެ ޒިންމާ ނަގާފައި ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިންނެވެ.