ކ. މާލެ
|
3 ފެބްރުއަރީ 2025 | ހޯމަ 23:47
ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަޙުމަދުގެ މަންމާފުޅު، ޒަމީރާ އުމަރު
ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަޙުމަދުގެ މަންމާފުޅު، ޒަމީރާ އުމަރު
ރާއްޖެ އެމްވީ
ފަޒްނާގެ މަންމާފުޅު އަވަހާރަވުން
މަންމާފުޅު އަވަހާރަވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވެ، ޖަނާޒާ ގައި ބައިވެރިވެވަޑައިގަތް އެންމެހާ ފަރާތްޔަކަށް ފަޒްނާ ޝުކުރު އަދާކުރައްވައިފި
ޒަމީރާ އަވަހާރަވީއިރު އުމުރުފުޅަކީ 81 އަހަރު
އާއްމުންގެ ބައިވެރިވެވަޑައިިގެންނެވުމާއި ހެޔޮދުޢާ އާއި އޯގާތެރި ބަސްކޮޅުތަކަކީ މިފަދަ ހިތާމަވެރިވަގުތުގައި އާއިލާގެ ބޭފުޅުންގެ ހިތަށް ލިބުނު އުފާވެރިކަމެއް ކަަމަށް ފަޒްނާ ވަނީ ވިދާޅުވި

‎ކުރީގެ ފަސްޓްލޭޑީ ފަޒްނާ އަޙުމަދުގެ މަންމާފުޅު، ޒަމީރާ އުމަރު އަވަހާރަވުމާއި ގުޅިގެން ތައުޒިޔާ ވިދާޅުވި އެންމެހާ ބޭފުޅުންނަށް ފަޒްނާ ޝުކުރު އަދާކުރައްވައިފިއެވެ.

ފަޒްނަ އޭނާގެ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަންމާފުޅު އަވަހާރަވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވި އެންމެހާ ބޭފުޅުންނަށާއި މަންމަގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް ހިތުގެ ޚާލިސްކަމާއިއެކު ޝުކުރު ވިދާޅުވާ ކަމަށެވެ.

އަދި އާއްމުންގެ ބައިވެރިވެވަޑައިިގެންނެވުމާއި ހެޔޮދުޢާ އާއި އޯގާތެރި ބަސްކޮޅުތަކަކީ މިފަދަ ހިތާމަވެރިވަގުތުގައި އާއިލާގެ ބޭފުޅުންގެ ހިތަށް ލިބުނު އުފާވެރިކަމެއް ކަަމަށް ފަޒްނާ ވަނީ ވިދާޅުވެފައެވެ.

ފަޒްނާގެ މަންމާފުޅު، ޒަމީރާ އަވަހާރަވެފައި ވަނީ ހުކުރު ދުވަހުގެ ވަގުތެއްގަ އެވެ.

‎އަޅުގަނޑުމެންގެ މަންމަ ނިޔާވުމާ ގުޅިގެން ތައުޒިޔާ ވިދާޅުވި އެންމެހާ ބޭފުޅުންނާ މަންމަގެ ޖަނާޒާގައި ބައިވެރިވެ ވަޑައިގެންނެވި އެންމެހާ ބޭފުޅުންނަށް ހިތުގެ ޚާލިސްކަމާއިއެކު ޝުކުރުދަންނަވަމެވެ. ތިބޭފުޅުންގެ ބައިވެރިވެވަޑައިިގެންނެވުމާއި ހެޔޮދުޢާ އާއި އޯގާތެރި ބަސްކޮޅުތަކަކީ މި ހިތާމަވެރިވަގުތުގައި އަޅުގަނޑުމެންގެ ހިތައް ލިބުނު ފިނިކަމެކެވެ. މާތް ﷲ ތިޔަހުރިހާ ބޭފުޅުންނަށް ހެޔޮރަޙްމަތް ލައްވާާށިއެވެ
ފަޒްނާ ފޭސްބުކްގައި ހިއްސާކުރެއްވި މެސެޖު

ޒަމީރާގެ މޫނުފުޅު ދެއްކުން އޮތީ ނިމިދިޔަ ހޮނިހިރު ދުވަހުގެ މެންދުރު ފަހު ތިނަކުން ފެށިގެންނެވެ. އަދި ޖަނާޒާ އޮތީ މަޣްރިބް ނަމާދަށްފަހު އެވެ. ކަށުނަމާދު ކުރިއަށް ގެންގޮސްފައި ވަނީ އިސްލާމީ މަރުކަޒުގަ އެވެ. އެކަމަނާ ފަސްދާނުލާފައި ވަނީ އާސަހަރައިގަ އެވެ.

ޒަމީރާ އަވަހާރަވީއިރު އުމުރުފުޅަކީ 81 އަހަރެވެ.

ޒަމީރާ އުމަރު އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުދައިތާފުޅު ވެސްމެއެވެ.

- ކޮމެންޓް