ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 07:28
ފެންބޮޑުވެފައިވާ އަވަށެއްގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ
ފެންބޮޑުވެފައިވާ އަވަށެއްގައި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަނީ
ގޫގުލް
އިންޑިއާގައި ފެންބޮޑުވުން
އިންޑިއާގައި ފެންބޮޑުވުން: 250 އަށްވުރެ ގިނަ މީހުން މަރުވެ، ހަތަރުލައްކަ މީހުން ހާލުގައިޖެހިފައި
މިހާތަނަށް 253 މީހުން ވަނީ މަރުވެފައި
20 ޑިސްޓްރިކްޓެއްގެ 7000 އަވަށުގައި ވަނީ ފެންބޮޑުވެފައި

ބޯ ވިއްސާރައިގެ ސަބަބުން އިންޑިއާގެ ބިހާރުގައި ފެންބޮޑުވެ، ބޮޑެތި ގެއްލުންތަކެއް ވެއްޖެއެވެ.

ވޭތުވެދިޔަ 10 އަހަރުތެރޭގައި އިންޑިއާގެ އެއްވެސް ހިސާބެއްގައި ފެންބޮޑުނުވާވަރަށް ބިހާރު ސްޓޭޓްގައި ފެންބޮޑުވެފައިވާއިރު، ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ސަބަބުން މިހާތަނަށް 253 މީހަކު މަރުވެފައިވާކަމަށް ރަސްމީ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

ބިހާރު ސްޓޭޓްގެ 38 ޑިސްޓްރިކްޓްގެ ތެރެއިން 20 ޑިސްޓްރިކްޓަށް ފެންބޮޑުވުމުގެ އަސަރުކޮށްފައިވާއިރު، އެ ސަރަޙައްދުތަކުގައިވާ 7000 އަވަށެއްގައި ވަނީ ފެންބޮޑުވެފައެވެ. މި ހާދިސާގައި މިހާތަނަށް 4 ލައްކައަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާއިރު، ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ 1358 ރިލީފް ކޭމްޕް ޤާއިމް ކޮށްފައެވެ.

ހާލުގައި ޖެހުނު މީހުންނަށް އެހީވުމަށް އިންޑިއާގެ ސިފައިންނާއި ޑިޒާސްޓަރ ރިލީފް ޓީމްތަކުން މަސައްކަތްކުރަމުން ގެންދާއިރު، އެފަރާތްތަކަށް އަދިވެސް އެކަށޭނަ މިންވަރަށް އެހީތެރިކަން ފޯރުކޮށްނުދެވޭ ކަމަށް ހާލުގައި ޖެހިފައިވާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ބިންގަނޑު ކަނޑައިގެންގޮސް، މަގުތަށް ބެދުމުގެ ސަބަބުން ފެންބޮޑުވެފައިވާ ސަރަޙައްދުތަކަށް އެހީ ފޯރުކޮށްދޭން ދަތިތައް ކުރިމަތިވެފައިވާއިރު، މި ކާރިސާގައި އެންމެ ބޮޑު ގެއްލުން ލިބިފައިވަނީ އިންޑިއާ އާއި ނޭޕާލް އަދި ބަންގްލަދޭޝް ގުޅޭ ސަރަޙައްދުގައިވާ ޑިސްޓްރިކްޓްތަކަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެއެމްވީ ލޯކަލް
- ކޮމެންޓް