ކ. މާލެ
|
1 ފެބްރުއަރީ 2025 | ހޮނިހިރު 20:03
އެމްޑީޕީގެ "ފުދިއްޖެ، ފުނޑިއްޖެ" ރެލީގެ ތެރެއިން
އެމްޑީޕީގެ "ފުދިއްޖެ، ފުނޑިއްޖެ" ރެލީގެ ތެރެއިން
ރާއްޖެއެމްވީ
ފުދިއްޖެ ފުނޑިއްޖެ ހިނގާލުން
ފުދިއްޖެ ފުނޑިއްޖެ ބޮޑު ހިނގާލުން، ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ބެލި މީހުންގެ އަދަދު 2 ލައްކައަށްވުރެ މައްޗަށް
މިހާ ހިސާބަށް ޖަލްސާ ބެލި މީހުންގެ އަދަދު 254،000ށް ވުރެއް ގިނަ
ފޭސްބުކް ލައިވް އަށް 10،000 ށް ވުރެ ގިނަ މީހުން ކޮމެންޓް ކުރި
2000ށް ވުރެ ގިނަ މީހުން ރިއެކްޓް ކުރި މި ހަރަކާތަކީ މިހާތަނަށް ބޭއްވި މި ފަދަ ހަރަކާތެއްގެ ސޯޝަލް މީޑިއާގެ ރިކޯޑެއް

"ފުދިއްޖެ ފުނޑިއްޖެ" ނަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން އިންތިޒާމްކޮށްގެން ބޭއްވި ބޮޑު ހިނގާލުމަށް ރާއްޖެޓީވީގެ ސޯޝަލް މީޑިއާއިން ބެލި މީހުންގެ އަދަދު ރިކޯޑް އަދަދަކަށް އަރައިފިއެވެ.

އެމްޑީޕީން ހުކުރު ދުވަހުގެރޭ، މާލޭގައި ބޭއްވި މި ހިނގާލުން ރާއްޖެޓީވީގެ އިތުރުން، ރާއްޖެޓީވީގެ ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުން ވަނީ ލައިވްކޮށްފައެވެ.

އެގޮތުން ހިނގާލުން ކުރިއަށް ދިއަވަގުތު، ރާއްޖެޓީވީގެ ރަސްމީ އެކްސް އެކައުންޓް މެދުވެރިކޮށް 5،000 މީހުން ހިނގާލުން ވަގުތުން ބަލަމުން ގޮސްފައިވެއެވެ. އަދި މި ހިނގާލުން ނިމުނުފަހުން އެކްސް މެދުވެރިކޮސް 15،000ށްވުރެ ގިނަ މީހުން ވަނީ ހިނގާލުން ބަލާފައެވެ. އެ ހިނގާލުން ނިމުނުއިރު ރާއްޖެޓީވީގެ ރަސްމީ ފޭސްބުކް ޕޭޖުން ވަނީ 1 ލައްކަ 98ހާހަށްވުރެ ގިނަ މީހުން ބަލާފައިވެއެވެ. އަދި ހިނގާލުން ނިމުނު ފަހުން މިހާތަނަށް، ފޭސްބުކް ޕޭޖުން ހިނގާލުން ބެލި މީހުންގެ އަދަދު 223,000 ށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ. އަދި 10،000ށް ވުރެ ގިނަ މީހުން ކޮމެންޓްކޮށްފައިވާއިރު، 2000ށް ވުރެ ގިނަ މީހުން ވަނީ ރިއެކްޓް ކޮށްފައެވެ. އަދި ރާއްޖެޓީވީ އެކްސްޓްރާ މެދުވެރިކޮށް 15،000 މީހުން ހިނގާލުން ބަލާފައިވެއެވެ.

އެހެންކަމުން މި ހިނގާލުން ލައިވް ކުރި ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުން، މިހާ ހިސާބަށް ހިނގާލުން ބެލި މީހުންގެ އަދަދު 254،000ށް ވުރެ މައްޗަށް ވަނީ ގޮސްފައެވެ. ފޭސްބުކް ލައިވް އަށް ކޮމެންޓްކުރި 10،000 މީހުންނާއި، ފޭސްބުކް ލައިވްއަށް ރިއެކްޓްކުރި 2000ށް ވުރެ ގިނަ މީހުންނާ އެކު މި ލައިވެ ކަވަރޭޖް ވެގެން ގޮސްފައިވަނީ، ރާއްޖޭގެ މީޑިއާ އަކުން ލައިވްކުރި މިފަދަ ހަރަކާތެއްގެ ސޯޝަލްމިޑިއާގެ ރިކޯޑް އަކަށެވެ.

މީގެ އިތުރުން 2024 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން އިންތިޒާމްކޮށްގެން މާލޭގެ ކާނިވާ ސަރަަހައްދުގައި ބޭއްވި ޤާނޫނުއަސާސީގެ ދިފާޢުގައި ރައްޔިތުންގެ ޖަލްސާ ރާއްޖެޓީވީގެ އިތުރުން، ރާއްޖެޓީވީގެ ސޯޝަލްމީޑިއާގެ ޕްލެޓްފޯމްތަކުން ވަނީ ލައިވްކޮށްފައެވެ. މި ހަރަކާތްވެސް ރާއްޖެޓީވީގެ ސޯޝަލް މީޑިއާ ވަނީ ރިކޯޑް ހަދާފައެވެ.

- ކޮމެންޓް