ކ. މާލެ
|
31 ޖެނުއަރީ 2025 | ހުކުރު 23:00
'ފުދިއްޖެ ފުނޑިއްޖެ' ހިނގާލުމުގެ ތެރެއިން
'ފުދިއްޖެ ފުނޑިއްޖެ' ހިނގާލުމުގެ ތެރެއިން
ރާއްޖެއެމްވީ
ފުދިއްޖެ ފުނޑިއްޖެ ހިނގާލުން
ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ ގާނޫނު އަސާސީއާ ހިލާފަށް ދައުލަތް ހިންގުމަށް، އެފުރުސަތު ނުދޭނަން: ހިސާން
މިނިވަން މުއައްސަސާތަކަށް އަތް ބާނައި، މިނިވަންކަން ވަނީ ނަގާލާފައި
ގާނޫނު އަސާސީއާ ހިލާފަށް ދައުލަތް ހިންގުމުގެ ފުރުސަތު ރައްޔިތުން ނުދޭނެކަން ފުދިއްޖެ-ފުނޑިއްޖެ ހިނގާލުމުން ވެސް ފެނިގެންދޭ
މިސަރުކާރާ މެދު ރައްޔިތުން ހިތްހަމަ ނުޖެހޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ގާނޫނު އަސާސީއާ ހިލާފަށް ދައުލަތް ހިންގުމަށް ކަމަށާއި، އެފުރުސަތު ނުދޭނެ ކަމަށް އެމްޑީޕީގެ ނައިބު ރައީސް އަދި މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދާ ''ފުދިއްޖެ-ފުނޑިއްޖެ ހިނގާލުމުގައި ހިސާން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން ގާނޫނު އަސާސީ ފުނޑާލާފައިވާ ކަމަށާއި، ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ދައުލަތް ހިންގުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިސާން ވިދާޅުވީ މިނިވަން މުއައްސަސާތަކަށް އަތް ބާނައި، މިނިވަންކަން ނަގާލާފައިވާ ކަމަށެވެ. އަދި ގާނޫނު އަސާސީއާ ހިލާފަށް ދައުލަތް ހިންގުމުގެ ފުރުސަތު ރައްޔިތުން ނުދޭނެކަން ފުދިއްޖެ-ފުނޑިއްޖެ ހިނގާލުމުން ވެސް ފެނިގެންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނު އަސާސީ ފުޑާލާފިއޭ މިބުނަނީ ގާނޫނު އަސާސީގައި އެކަނޑައަޅާފައި ހުރި މިންތަކުން ބޭރަށް ގާނޫނު އަސާސީގެ ރޫހާ ހިލާފަށް ދައުލަތް ހިންގަން މިއަދުގެ ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރައްވާތީ. މިނިވަން މުއައްސަސާތަކަށް އަތް ބޭނުމާއި ޖުޑިޝަރީގެ ކަންތައްތައް ރަނގަޅަށް ނުހިނގުމާއި އަދި ރައްޔިތުން މިހާލުގައި ޖެހިފައި ތިބި ތިބުމަކީ އަޅުގަނޑު ހިތުން އަޅުގަނޑުމެން މިދައްކާ ވާހަކައިގެ އެންމެ މުހިންމު އެއްބައި.
އެމްޑީޕީގެ ނައިބު ރައީސް އަދި މަޖިލީހުގެ ތުޅާދޫ ދާއިރާގެ ކުރީގެ މެންބަރު ހިސާން ހުސައިން

ހިސާން ވިދާޅުވީ މިސަރުކާރާ މެދު ރައްޔިތުން ހިތްހަމަ ނުޖެހޭ ކަމަށާއި، މިސަރުކާރުން ދައުލަތް ހިންގާ ނިޒާމު އޮޅުވާލައި، ރައްޔިތުން ހާލުގައި ޖައްސާފައިވާ ކަމަށެވެ. މިއަދު ހަގީގަތުގައި ވެސް ރައްޔިތުން ފުނޑިފައިވާ ކަމަށް ހިސާން ވިދާޅުވިއެވެ.

- ކޮމެންޓް