ކ. މާލެ
|
31 ޖެނުއަރީ 2025 | ހުކުރު 00:07
ދިރާގު އަހަރީ ދުވަހާއި ގުޅިގެން ހަދިޔާކުރާ ސްޕީޑްބޯޓްގެ ވިނަރ
ދިރާގު އަހަރީ ދުވަހާއި ގުޅިގެން ހަދިޔާކުރާ ސްޕީޑްބޯޓްގެ ވިނަރ
ދިރާގު
ދިރާގުގެ 'ސްޕީޑްބޯޓް' ނަސީބުވެރިޔާ ހޮވުން
ދިރާގުގެ 'ސްޕީޑްބޯޓް' ލިބުނު ނަސީބުވެރިއަކީ ގއ.ވިލިގިލި، ހުސެއިން ފަޔާޒް
އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ފާހަގަކުރާ ދިރާގުގެ އަހަރީ ދުވަހާޢި ގުޅިގެން ކުރިއަށް ދިޔަ 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ދަށުން އިނާމް ހާސިލްކުރީ ގއ.ވިލިގިލި ހުސެއިން ފަޔާޒެވެ.

ދިވެހިންގެ މެދުގައި މަގްބޫލް ޑިޖިޓަލް ކުންފުނި ދިރާގުން އެ ކުންފުނީގެ އަހަރީ ދުވަހާއި ގުޅުވައިގެން ކުރިއަށް ގެންދިޔަ ޚާއްސަ ލަކީޑްރޯ، 'ވިން އަ ސްޕީޑްބޯޓް' ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތް ހޮވައިފިއެވެ.

އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ފާހަގަކުރާ ދިރާގުގެ އަހަރީ ދުވަހާޢި ގުޅިގެން ކުރިއަށް ދިޔަ މި ޕްރޮމޯޝަންގެ ދަށުން އިނާމް ހާސިލްކުރީ ގއ.ވިލިގިލި ހުސެއިން ފަޔާޒެވެ.

މިދިޔަ އަހަރު ސެޕްޓެމްބަރ 16އިން ޑިސެމްބަރ 15ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި ޕްރޮމޯޝަންގެ ދަށުން ހޮވުނު ނަސީބުވެރިޔާ އަށް ދޫކޮށްލާ މި ސްޕީޑު ބޯޓަކީ 12 މީހުންގެ ޖާގައިގެ، 32 ފޫޓުގެ ލޯންޗެކެވެ.

ދިރާގުން ބުނެފައިވާ ގޮތުގައި އަލް ޝާލީ މެރިން މަޖެލަން 32 ސްޕީޑްބޯޓާއެކު ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް ޔަމަހާއިން މި ލޯންޗަށް ބޭނުންވާ 175 ހޯސްޕަވަރުގެ ދެ އައުޓްބޯޑް އިންޖީނު ވެސް ލިބޭނެއެވެ.

ކެބިންއަކާ އެކު ފަރުމާކޮށްފައިވާ މި ހިތްގައިމު ލޯންޗުގައިލުއި ކާނާ އާއި ކޮފީ ހަދާނެ ޖާގަ ވެސް ހިމެނެއެވެ.

ދިރާގުން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގެ ދަށުން ދިރާގު ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ނުވަތަ ފައިބަރ ބްރޯޑްބޭންޑަށް ސަބްސްކްރައިބްކޮށް، ސްޕީޑް ލޯންޗް ހޯދުމުގެ ފުރުސަތު ދިރާގުން ވަނީ ހުޅުވާލާފައެވެ.

ގާތްގަނޑަކަށް 1.6 މިލިއަން ރުފިޔާގެ މި އިނާމަކީ މިއީ ރާއްޖޭގައި ލަކީޑްރޯއެއްގައި މިހާތަނަށް ދިން އެންމެ އަގުހުރި އިނާމްކަން ފާހަގަކޮށްލެވެއެވެ.

މި ފުރުސަތު ލިބިފައި ވަނީ ދިރާގު ޕޯސްޓްޕެއިޑް 400 ޕްލޭން އަދި އެއަށްވުރެ މަތީ ޕްލޭންތަކުގެ ކަސްޓަމަރުންނަށާއި، ފާއިތުވި 30 ދުވަހުގެ ތެރޭގައި 400 ރުފިޔާ ނުވަތަ އެއަށްވުރެ ގިނަ އަދަދަކުން ރީޗާޖްކޮށްފައިވާ ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށާއި، ފައިބަރ ބްރޯޑްބޭންޑް 30އެމް ޕްލޭން ނުވަތަ އެއަށްވުރެ މަތީ ޕްލޭންތަކުގެ ކަސްޓަމަރުންނަށެވެ. މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ގޮތުން އެހެން ޕްލޭންތަކުގައި ތިބި ކަސްޓަމަރުންނާއި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް އެމީހުންގެ ޕްލޭން އަޕްގްރޭޑް ކުރުމުގެ ފުރުސަތުވެސް ދިރާގުން ހުޅުވާލިއެވެ.

ހަމައެހެންމެ ޕްރޮމޯޝަނަށް ޝަރުތުހަމަވާ ކަސްޓަމަރުންނަށް ޕްރޮމޯޝަނުގައި ބައިވެރިވުމަށް "ވިން އަ ސްޕީޑްބޯޓް" ޕޯޓަލްއިން އެންރޯލްކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. ގުރުއަތުން ހޮވުނު ހުސެއިން ފަޔާޒް އަކީ މި ފުރުސަތުގައި ލަކީޑްރޯގައި ބައިވެރިވި މީހުންގެ ތެރެއިން ހޮވާލެވުނު ނަސީބުވެރިއާއެވެ.

ދިރާގުން ވަނީ އެ ޕްރޮމޯޝަންގެ ތެރެއިން މަހުން މަހަށް ލިބޭ ޚާއްސަ އިނާމްތަކެއްވެސް ކަސްޓަމަރުންނަށް ދޫކޮށްލާފައެވެ. އެގޮތުން ލިބުނު އިނާމުތަކުގެ ތެރޭގައި ގޯ ޕްރޯ ހީރޯ 12، ސުންޓޯ ޑީ5 ގަޑި، ޑީޖޭއައި މިނީ 2 އެސްއީ ފްލައި މޯ ކޮމްބޯ، އަދި މަސްވެރިކަމުގެ ސާމާނުގެ ސެޓެއް ހިމެނެއެވެ.

- ކޮމެންޓް