ކ. މާލެ
|
28 ޖެނުއަރީ 2025 | އަންގާރަ 16:37
އިނގުރައިދޫ ދާއިރާގެ މެންބަރުން އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު
އިނގުރައިދޫ ދާއިރާގެ މެންބަރުން އަދި ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އިބްރާހިމް ފަލާހު
ރާއްޖެއެމްވީ
ޕީއެންސީގެ ޕީޖީ ގްރޫޕް
ޕީޖީ ގްރޫޕް އޮތީ ސައްތައިން ސައްތަ ރައީސް އާ އެކު - ފަލާހް
މަޖިލީހުގެ ރައީސް ބްދުއްރަހީމް ވަކި ކުރަން އުޅޭކަމަށް ބުނާ ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވާފަ
ފަލާހު ވިދާޅުވެފައި ވަނީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕް އަބަދުވެސް އޮންނާނީ ރައީސް އަދި ސަރުކާރާއި އެކުގައި ކަމަށް

ޕީޕަންސް ނޭޝަނަލް ކޮންގްރެސްގެ ޕާލިމެންޓްރީ ގްރޫޕް އޮތީ ސައްތައިން ސައްތަ ރައީސް ޑރ.މުހައްމަދު މުއިއްޒު އާއި އެކުގައި ކަމަށް އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕް ލީޑަރު، އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަޤާމުން ކުއްލި ގޮތަކަށް އަންގާރަ ދުވަހު ފައިސަލް ވަކިރުމާއި ގުޅިގެން ސަރުކާރުގެ އެތެރޭގެ ފެކްޝަންތައް އުފެދިފައިވާ ކަމަށް ދެކެވޭ ވާހަކަ އަށް އިތުރަށް ވަނީ ބާރު ލިބިގެން ގޮސްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ރައީސް ޑރ. މުއިއްޒު ދެމެދު ވަރަށް ބޮޑަށް މައްސަލަ ޖެހިފައިވާ ކަމަށް ވަނީ އަޑު ފެތުރިފައެވެ. ވެރިކަން ކުރާ ޕާޓީގެ ތެރޭގައި ހިނގަމުންދާ ހަމަނުޖެހުމާއެކު މަޖިލިސް ރައީސްގެ މަގާމުން އަބްދުއްރަހީމް ވަކި ކުރުމުގެ މަސައްކަތް ނުރަސްމީކޮށް ފަށާފައިވާ ކަމަށް ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ޕީއެންސީގެ ޕީޖީ ލީޑަރ އާއި ޕީއެންސީގެ އިސްކޮށް އުޅޭ ބައެއް މެމްބަރުންނަށް ރާއްޖެއެމްވީން ގުޅުމުން ކޮމެންޓެއް ދެއްވާފައި ނުވާތީ ޕީއެންސީގެ ބަހެއް މި ނޫހަށް ވަނީ ލިބޭ ގޮތް ނުވެފައެވެ. އެހެންނަމަވެސް އެކަމާ ގުޅޭ ގޮތުން "މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން މެމްބަރު ފަލާހު ވިދާޅުވެފައި ވަނީ ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕް އަބަދުވެސް އޮންނާނީ ރައީސް އަދި ސަރުކާރާ އެކުގައި ކަމަށެވެ.

ފަލާހް މިހެން ވިދާޅުވި ނަމަވެސް ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގައި ފެކްޝަން ތައް އުފެދިފައިވާ ކަމުގެ އަޑުތައް ވަނީ އަރާފައެވެ. އޭގެ ތެރޭގައި އަބްދުއްރަހީމްގެ ފެކްޝަނެއް އޮންނަ ކަމުގެ ވާހަކަތައް ވެސް އަންނަނީ ދެކެވެމުންނެވެ.

އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަކި ކުރަން އުޅޭކަމަށް ބުނާ ވާހަކަތައް އޭނާ ވަނީ ދޮގުކުރައްވާފައެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފަތުރުވެރިކަމާ ބެހޭ ވަޒީރުގެ މަޤާމުން ކުއްލި ގޮތަކަށް ފައިސަލް ވަކިރުމާ ގުޅިގެން އެކަމާއި ކަންބޮޑުވުން ފާޅު ކުރައްވަމުން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އަބްދުއްރަހީމް ވިދާޅުވީ އޭނާގެ ދަރިފުޅު ކަމުގައިވާ އިބްރާހީމް ފައިސަލަށް ޓަކައި ފަޚުރުވެރިވާ ކަމަށެވެ.

އަދި އަބްދުއްރަހީމް އާއި މުޅި އާއިލާވެސް ފައިސަލަށްޓަކައި ފަޚުރުވެރިވާ ކަމަށާއި ފައިސަލް ފަތުރުވެރިކަމާބެހޭ ވަޒީރުކަމުގެ މަގާމުގައި ހުރެގެން ޚިދުމަތް ކުރީ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކުގައި ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ފައިސަލް ފަތުރުވެރިކަމުގެ ދާއިރާއިން ނަތީޖާ ނެރެދެއްކި ކަމުގައި ވެސް އޭނާ ކުރެއްވި ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް
28 ޖެނުއަރީ 2025 | އަންގާރަ 19:00
އަހަންމާކަލޯ
ތިއެއް އިނގޭނީ އަދި ދުވަސްކޮޅަކުން ޕީޖީގުރޫޕް އޮތީ ރައިސްއާއެކުތޯ ބޮޓޭކޯ އާއެކުތޯ އިދިކޮޅާއެކު ތޯ