ކ. މާލެ
|
28 ޖެނުއަރީ 2025 | އަންގާރަ 12:37
އިކޮނަމިކް މިނިސްޓަރު ސައީދު، ފިޝަރީޒް މިނިސްޓަރު ޝިޔާމް އަދި ޑިފެންސް މިނިސްޓަރު ޣައްސާން
އިކޮނަމިކް މިނިސްޓަރު ސައީދު، ފިޝަރީޒް މިނިސްޓަރު ޝިޔާމް އަދި ޑިފެންސް މިނިސްޓަރު ޣައްސާން
ރާއްޖެއެމްވީ
ފައިސަލް މަގާމުން ވަކިކުރުން
ފައިސަލްއަށްފަހު ޣައްސާނާއި ޝިޔާމާއި ސައީދުގެ ސަލާމަތް އޮތީ މުއިއްޒުގެ ބޫޓުގައި ދޫލައިގެން - ޖަމީލް
ފައިސަލް މަގާމުން ވަކިކޮށްފައިވަނީ އޭނާގެ ބައްޕާފުޅު އަދި މަޖިލީހުގެ ރައީސްކަމާއި ޕީެންސީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ މެލޭޝިއާގައި ހުންނަވަނިކޮށް
އަބްދުއްރަހީމް ޖެހި ހިސާބަށް މިވީގޮތެއް ބެލުމަށް ޖަމީލް ވިދާޅުވި
އަސް ވިއްކިޔަސް ލަގަން ދޫކޮށްގެން ނުވާނޭ ބުނަނީ މިހެންވެ

ޓުއަރިޒަމް މިނިސްޓަރުކަމުގައި ހުންނެވި އިބްރާހިމް ފައިސަލްއަށްފަހު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ސަލާމަތް އޮތީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޫޓުގައި ދޫލައިގެން ކަމަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް މިފަދައިން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާއި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާއި ދެމެދު މައްސަލަތަކެއް ޖެހިފައިވާކަމުގެ އަޑު ފެތުރިފައިވަނިކޮށް، ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހީމް ފައިސަލް އެ މަގާމުން ވަކި ކުރައްވާފައިވަނިކޮށެވެ.

ރައީސް އޮފީހުން އަންގާރަ ދުވަހު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، މިނިސްޓަރ އޮފް ޓޫރިޒަމްގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިޞަލް، އެ މަގާމުން ވަކިކުރައްވާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ވަނީ، މިނިސްޓްރީ އޮފް ޓޫރިޒަމް ވަގުތީގޮތުން ހިންގެވުން މިއަދުން ފެށިގެން މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ ހަވާލުކުރައްވާފައި ކަމަށެވެ.

ފައިސަލް ވަކިކުރި ސަބަބެއް ރައީސް އޮފީހުންވެސް ހާމަކޮށްފައި ނުވެއެވެ. އަދި ފައިސަލް މަގާމުން ވަކިކޮށްފައިވަނީ އޭނާގެ ބައްޕާފުޅު އަދި މަޖިލީހުގެ ރައީސްކަމާއި ޕީެންސީގެ ޗެއަރޕާސަންގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ މެލޭޝިއާގައި ހުންނަވަނިކޮށެވެ.

ފައިސަލް ވަކިކުރި މައްސަލައާއި ގުޅިގެން ޖަމީލް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ މިއަދު އަބްދުއްރަހީމް ޖެހި ހިސާބަށް މިވީގޮތަށް ބައްލަވާށެވެ. މުޅި ޕާޓީ މުއިއްޒުގެ އަތަށްދީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މަކަރު ހަދާ، ލަނޑުދީ އަނިޔާވެރިވީ ބާރުގެ ދަހިވެތިކަމުގައި ކަމަށެވެ. އަދި ޕީޕީއެމް ނެތިކޮށް، ރައްޔިތުންގެ މަޖިލިސް މުއިއްޒުގެ މުށުތެރެއަށްލީ އެމީހުންލައްވާ ކަމަށެވެ.

ޖަމީލް ވިދާޅުވީ ފައިސަލަށްފަހު، މިއަދު ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމާއި އިކޮނަމިކް މިނިސްޓަރު މުހައްމަދު ސައީދުގެ ސަލާމަތް އޮތީ ރައީސް މުއިއްޒު ބޫޓުގައި ދޫލައިގެން ކަމަށެވެ. އަދި މިއަދު ޕާޓީ އޮތީ މުއިއްޒު އަތުގައި ކަމަށާއި، މަޖިލިސް މެމްބަރުންނަކީ މުއިއްޒުގެ އަޅުން ކަމަށެވެ.

ޖަމީލް ވިދާޅުވީ އަސް ވިއްކިޔަސް ލަގަން ދޫކޮށްގެން ނުވާނޭ ބުނަނީ މިހެންވެ ކަމަށާއި، މިއަދު އަދުރޭ ވިޔަސް މެމްބަރުން ވިޔަސް މުއިއްޒު ކުރިމަތީ އެއީ ހަމަ ފާހާނާގައި ބޭނުންކުރާ ޓިޝޫކަމަށް ޖަމީލް ވިދާޅުވިއެވެ.

- ކޮމެންޓް