ކ. މާލެ
|
28 ޖެނުއަރީ 2025 | އަންގާރަ 09:46
ރައީސް މުއިއްޒު ޓުއަރިޒަމް މިނިސްޓަރާ ސަލާމް ކުރައްވަނީ
ރައީސް މުއިއްޒު ޓުއަރިޒަމް މިނިސްޓަރާ ސަލާމް ކުރައްވަނީ
ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ޓުއަރިޒަމް މިނިސްޓަރުކަމުން ފައިސަލް ވަކިކޮށްފި
މަގާމުން ފައިސަލް ވަކިކޮށްފައި ވަނީީ އަންގާރަ ދުވަހު

ޓުއަރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ފައިސަލް އެ މަގާމުން ވަކި ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު ނިންމަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ޓުވަރިޒަމް މިނިސްޓަރުގެ މަޤާމުން ފައިސަލް ވަކިކޮށްފައި ވަނީ އަންގާރަ ދުވަހު އެވެ.

ޓުވަރިޒަމް މިނިސްޓަރުކަމުގެ މަގާމުން ފައިސަލް ވަކިކޮށްފައިވާއިރު، ޓުވަރިޒަމް މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ހަވާލު ކޮށްފައި ވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުޙައްމަދު ސަޢީދުއާ އެވެ.

ފައިސަލް އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ޗެއާޕާސަން ޢަބްދުއް ރަޙީމް ޢަބްދުﷲ ގެ ދަރިކަލުންނެވެ. ރައީސް މުޢިއްޒު، މިނިސްޓަރު ކަމުގެ މަގާމުން ފައިސަލް ވަކިކޮށްފައިވާއިރު، ރައީސް މުޢިއްޒު އާއި އަބްދުއް ރަހީމްގެ ގުޅުން ގޯސްވެފައިވާ ކަމުގެ އަޑުތައް މީގެ ކުރިން ވަނީ ފެތުރިފަ އެވެ.

- ކޮމެންޓް
28 ޖެނުއަރީ 2025 | އަންގާރަ 11:05
އޭނަ
މީ ކޮންމެވެސް ނިމުމެއްގެ ފެށުން ކަންނޭގެ
28 ޖެނުއަރީ 2025 | އަންގާރަ 11:01
ބޮޱުބެ
ބޮޱު ތަޅާލުން ފެށެނީ ބިތު ފަންގި ނެގެނީ ދެ ގެރި ތަޅާ އިރުގަ ކައް ގަލަށް ބާރު ބޮޱު ވާނެ ރަނގަޅު ތަނެއްގަ ބާރަށް ހިފަހައްޓައިގެން ތިބޭތި ކުދިންނޭ