ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 20:26
ސުޕްރީމް ކޯޓު: ޢަދްލު އިންސާފްގައި ފަހުބަސް ބުނާ ފަރާތް
ސުޕްރީމް ކޯޓު: ޢަދްލު އިންސާފްގައި ފަހުބަސް ބުނާ ފަރާތް
މުހައްމަދު ޝަރުހާން
ފަނޑިޔާރުން
ފަނޑިޔާރުންގެ މަސައްކަތަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފި
ފަނޑިޔާރުންގެ ހުރުމަތައްޓަކައި ޝަރުޢީ ދާއިރާއިން ފިޔވަޅު އަޅާނަން
ޢަދްލު އިންސާފް ޤާއިމް ކުރުމަކީ ކޯޓުތަކުގެ ދުސްތޫރީ މަސައްކަތެއް
ވަކީލެއް ނަމަ ވަކީލުކަން ކުރުމުގެ ހުއްދަ ހިފަހައްޓަން ޖެހިދާނެ

ޢަދްލު އިންސާފް ކަށަވަރު ކުރުމަށްޓަކއި ކޯޓުތަކުގެ ފަނޑިޔާރުން ކުރާ މަސައްކަތްތަކަށް ހުރަސްއަޅާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ސުޕްރީމް ކޯޓުގެ ދަށުން ހިނގާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ދީފިއެވެ.

ޑީޖޭއޭއިން ހޯމަ ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ޢަދްލު އިންސާފް ކަށަވަރު ކުރުމަށްޓަކައި ދިވެހިރާއްޖޭގެ ކޯޓު ތަކާއި ފަނޑިޔާރުން އަދާކުރައްވާ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރެއްވުމަށް ހުރަސްއެޅިދާފަދަ ގޮތަކަށް އެއްވެސް ފަރާތަކުން އެއްވެސް މަޤަސަދަކަށްޓަކައި ޢަމަލް ކުރަމުން ގެންދާކަމުގައިވާނަމަ ކޯޓުތަކާއި ފަނޑިޔާރުންގެ ޙުރުމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ޤާނޫނު ތަކާއި ޤަވާއިދު ތަކުގައި ކަނޑައެޅިފައިވާ ފިޔަވަޅުތައް ޝަރުޢީ ދާއިރާއިން އަޅަމުން ގެންދާނެކަން ޢާއްމުކޮށް އަންގާ ކަމަށެވެ.

އެބަޔާން ފަށަމުން ބުނެފައިވަނީ ދިވެހިރާއްޖޭގައި ޢަދްލު އިންސާފް ޤާއިމް ކުރުމުގެ ބާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް ކަމަށް ޤާނޫން އަސާސީގެ 7 ވަނަ މާއްދާގައި ކަނޑައެޅި ބަޔާންވެފައިވާ ގޮތައް ދިވެހިރާއްޖޭގައި ޢަދްލު އިންސާފް ޤާއިމް ކުރުމަކީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ދުސްތޫރީ މަސްއޫލިއްޔަތެއް ކަމާއި އަދި އެކަމަކީ ހަމައެކަނި ޝަރުޢީ ދާއިރާއަށް ޚާއްޞަ ކުރެވިގެންވާ ޒިންމާއއް ކަމަށް ޤާނޫން އަސާސީގެ 141 ވަނަ މާއްދާގެ (ނ) ގައި ޞަރީޙަ ބަހުން ބަޔާންކޮށްފައިވާ ކަމަށެވެ.

ޑީޖޭއޭއިން ބުނީ ޤާނޫން އަސާސީން ލިބިދޭ ޚިޔާލް ފާޅު ކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ގިނަ ދީމިޤްރާތީ މުޖުތަމައުއެކޭވެސް އެއްފަދައަކުން އަނެކާގެ ޙައްޤުތަކަށާއި މުޖުތަމައުގެ ޙައްޤުތަކަށް ފުރިހަމައަށް އިހުތިރާމް ކުރަން ޖެހޭ ޒިންމާދާރު އަދި ބިނާކުރަނިވި މިނިވަންކަމެއް ކަމަށެވެ. ކަން މިހެން ހުރިއިރު ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި ޝަރުޢީ ކޯޓުތަކުގެ ފަނޑިޔާރުންނަށް ނިސްބަތްކޮށް ތަފާތު ގޮތްގޮތައް ޙަޤީގަތާ މުޅިން ޚިލާފް ވާހަކަތައް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް އެކިފަރާތްތަކުން ފަތުރަމުން ގެންދާކަން ވަނީ ފާހަގަ ކުރެވިފައި ކަމަށެވެ.

ޤާނޫން އަސާސީން ކަށަވަރުކޮށްދީފައިވާ އަނެކުންނާއި މުޖުތަމައުގެ ޙައްޤުތަކަށް އިޙްތިރާމް ކުރާ ޒިންމާދާރު އަދި ބިނާކުރަނިވި ޚިޔާލް ފާޅުކުރުމުގެ މިނިވަންކަން ދިވެހިރާއްޖޭގައި ތަރައްޤީކޮށް، ނަގަހައްޓައި ދެމެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން އުފުލަން ޖެހޭ މަސއޫލިއްޔަތާއި ޒިންމާ ޝަރުޢީ ދާއިރާއިން އުފުލަމުން ގެންދާނެކަން ހަނދާން ކޮށްދޭ ކަމަށެވެ. އަދި ރާއްޖޭގެ ކޯޓުތަކާއި ކޯޓުތަކުން ބަލަމުންދާ މައްސަލަތަކާއި ގުޅިގެން ހިނގާ ކަންކަމުގައި ޤާނޫން ތަކާއި ޤަވާއިދުތަކުގެ ތެރޭގައި ހުރިހައި އެންމެންގެވެސް ޢަމަލުތަކާއި ބަސްމަގު ބެހެއްޓުމަށް އިލްތިމާސް ކުރާ ކަމަށްވެސް ޑީޖޭއޭގެ ބަޔާނުގައި ބުނެފައިވެއެވެ.

އެބަޔާނުގައި ބުނެފައިވާ ގޮތުގައި ޤާނޫން އަސާސީއާ ޚިލާފަށް ޝަރީޢަތައް ނުފޫޒް ފޯރުވުމުގެ އެންމެހައި ޢަމަލްތަކުން އެއްކިބާވެ ތިބުމަށް މީގެ ކުރިންވެސް ތަކުރާރުކޮށް އަންގަމުންދިއުމާއެކުވެސް ޝަރީޢަތަށް ނުފޫޒް ފޯރުވޭގޮތައް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީޢަތާ ގުޅޭ ކަންކަމުގައި ބަޔާންތައް ދިނުމާއި މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢު ކުރުމަކީ މަނާކަމެއްކަމަށް ވާތީ އެފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ތަކުރާރު ނުކުރުމަށް އަންގާ ކަމަށާއި އެފަދަ ކަމެއް ކުރާ ފަރާތްތަކާމެދު ޤާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމަށެވެ. އަދި އެފަދަ ފަރާތަކީ ޤާނޫނީ ވަކީލެއް ނަމަ އެވަކީލެއްގެ ވަކާލާތު ކުރުމުގެ ހުއްދަ ވަކި މުއްދަތަކަށް ނުވަތަ ދާއިމީކޮށް ބާތިލް ކުރާނެ ކަމަށްވެސް އަންގާ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
21 އޯގަސްޓް 2017 | ހޯމަ 21:46
ސައްޕޭ
މިިއޮތްވާ ބޮޑުވަރު، ރަގަޅަށް ޢަދުލު އިންސާފަށް ކަންތައްކުރާނަމަ މާތްﷲ ގެ ރުއްސެވުމާއި މުއުމިނުންތަކުގެ ލޯބިލިބޭނެކަންކަށަވަރު، މިވަރުން ބިރުދައްކާގެން މިއުޅެނީ ގޯހެއްއުޅޭ ކަމާމެދު ޝައްކު އުފެދޭކަމެއް! ދޯ