ކ. މާލެ
|
26 ޖެނުއަރީ 2025 | އާދީއްތަ 23:32
މުއުމިނާ ވަޙީދު
މުއުމިނާ ވަޙީދު
އެޗްއާރްސީއެމް
އެޗްއާރުސީއެމް
ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް މުއުމިނާ ވަޙީދު
މުއުމިނާ ވަޙީދު މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުގެ މަޤާމުގައި

ހިއުމަން ރައިޓްސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް، މ. ޖިއެނާ، މުއުމިނާ ވަޙީދު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މި މަޤާމަށް މުއުމިނާ ވަޙީދު ޢައްޔަންކުރައްވާފައި ވަނީ ހިއުމަން ރައިޓްސް ކޮމިޝަނުގެ ޤާނޫނު (ޤާނޫނު ނަންބަރު 6/2006) ގެ 8 ވަނަ މާއްދާގައިވާ ގޮތުގެމަތީން ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

މުއުމިނާ ވަޙީދު މި މަޤާމަށް ޢައްޔަނުކުރެއްވުމުގެ ކުރިން ހުންނެވީ ހިއުމަން ރައިޓްސް ކޮމިޝަނުގެ މެންބަރުގެ މަޤާމުގައެވެ.

- ކޮމެންޓް