ކ. މާލެ
|
26 ޖެނުއަރީ 2025 | އާދީއްތަ 18:59
ސަންފްރަންޓް ސެންޓްރަލްގައި ލިބެން ހުރި ބައެއް ސާމާނު
ސަންފްރަންޓް ސެންޓްރަލްގައި ލިބެން ހުރި ބައެއް ސާމާނު
ރާއްޖެއެމްވީ
ސަންފްރަންޓް ސެންޓްރަލް
ތަފާތު އެކި ވައްތަރުގެ ޓޫލްސްއާއި ބޭނުންތެރި އެތައް ބާވަތްތަކުގެ ތަކެއްޗާއެކު ސަންފްރަންޓްއިން އައު ފިހާރައެއް ހުޅުވައިފި
ސަންފްރަންޓް ސެންޓްރަލްގައި ވިއްކާ ހުރިހާ ތަކެއްޗެއްވެސް، ވިއްކާ އަގު ކަނޑައަޅާފައިވަނީ އެތަކެތީގެ ކޮލިޓީއާއި އަޅާބަލާއިރު އެތަކެތީގެ އަގު ވަރަށް ހެޔޮކަމަށް ކަސްޓަމަރުންނަށް ވެސް ގަބޫލުކުރެވޭނެ ފަދައިންނެވެ.

ޕަވަރ ޓޫލްސްއާއި، ހޭންޑްޓޫލްސްއާއި، ހާޑްވެއަރއާއި، ހޯމްއެޕްލަޔަންސްގެ ބާވަތްތަކާއި ބޭނުންތެރި އެތައް ބާވަތްތަކުގެ ތަކެތި އެއްތަނަކުން ފަސޭހައިން ގަނެލެވޭނެފަދަ އިންތިޒާމްތައް ހަމަޖެހިފައިވާ ބޮޑު ފިހާރަައެއް، "ސަންފްރަންޓް ސެންޓްރަލް" ގެ ނަމުގައި ހުޅުވައިފިއެވެ.

ސަންފްރަންޓް ސެންޓްރަލް ފިހާރައިގައި ވިއްކާ އެކި ބްރޭންޑްތަކުގެ ޕްރޮޑަކްޓްތަކާއި އަދި އެކި ވައްތަރުތަކުގެ ތަކެއްޗަކީވެސް ރާއްޖޭގެ މާހައުލަށާއި، ކަސްޓަމަރުންގެ ބޭނުންތަކަށް އެންމެ ކަމުދަނީ ކޮންކަހަލަ ތަކެތިކަން ވަރަށް ރަނގަޅަށް ބެލުމަށްފަހުގައި ހޮވާފައިވާ ކޮލިޓީތަކެއްޗެވެ. އަދި ކަސްޓަމަރުންނަށް ވިއްކާ ޕްރޮޑަކްޓެއްގައި މެނުފެކްޗަރިންގ މައްސަލައެއް ހުރެއްޖެނަމަ އެ މައްސަލައެއްގެ ސޮލިއުޝަން ކަސްޓަމަރުންނަށް ދިނުމަށް ސަންފްރަންޓުން އަބަދުވެސް ސަމާލުކަން ދޭނެކަމަށް ބުނެފައިވެއެވެ.

ސަންފްރަންޓް ސެންޓްރަލްގައި ވިއްކާ ހުރިހާ ތަކެއްޗެއްވެސް، ވިއްކާ އަގު ކަނޑައަޅާފައިވަނީ އެތަކެތީގެ ކޮލިޓީއާއި އަޅާބަލާއިރު އެތަކެތީގެ އަގު ވަރަށް ހެޔޮކަމަށް ކަސްޓަމަރުންނަށް ވެސް ގަބޫލުކުރެވޭނެ ފަދައިންނެވެ.

މ. ހާވިލާ، މަޖީދީމަގުގައި އިމާރާތްކޮށްފައިވާ ބިލްޑިންގގެ ގްރައުންޑް ފްލޯރ އާއި ފަސްޓް ފްލޯރ ހިމެނޭހެން ހުޅުވި މި ފިހާރައިން ޕަވަރ ޓޫލްސްއާއި، ހޭންޑްޓޫލްސްއާއި، ހާޑްވެއަރއާއި، ހޯމްއެޕްލަޔަންސްގެ ބާވަތްތަކާއި ބޭނުންތެރި އެތައް ބާވަތްތަކުގެ ތަކެތި އެއްތަނަކުން ގަތުމުގެ ފުރުސަތު މިހާރު ސަންފްރަންޓްގެ ކަސްޓަމަރުންނަށް ލިބިގެންދާނެއެވެ.

ފިހާރަ ހުޅުވާފައި ހުންނާނެ ގަޑިތައް

  • ހޮނިހިރު - ބުރާސްފަތި: 9:00 - 12:00 | 13:30 - 18:00 | 20:00 - 22:00
  • ހުކުރު ދުވަސް" ބަންދު

ސަންފްރަންޓް އިން ބުނީ ސެންޓްރަލް ފިހާރަ ހުޅުވުމާއި ގުޅިގެން ކުރިއަށްގެންދާ ޕްރޮމޯޝަނަލް އެކްޓިވިޓީސްތަކުގެ ތެރޭގައި، ވިޔަފާރި ކުރާ ފަރާތްތަކަށް ނަސީބު ކޫޕަންއިން ލިބޭ ވަރަށް އަގުހުރި ހަދިޔާތަކާއި އަދި ވިޔަފާރި ކޮށްގެން ކޮންމެ ދުވަހަކުވެސް ލިބޭގޮތަށް ހަމަޖެހިފައިވާ ހަދިޔާތައް ހުންނާނެ ކަމަށެވެ.

- ކޮމެންޓް