ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 15:51
މައްކާގެ ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން އޮފިޝަލުން ހަރަކާތްތެރިވަނީ
މައްކާގެ ހޮޓަލެއްގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން އޮފިޝަލުން ހަރަކާތްތެރިވަނީ
އެރަބް ނިއުސް
ހައްޖު 1438
މައްކާގެ ހޮޓަލެއްގައި އަލިފާން ރޯވެ، 600 ހައްޖުވެރިން ހޮޓަލުން ނެރެފި
އަލިފާން ރޯވީ އެއަރކޯން ޔުނިޓެއްގައި

މައްކާގެ އަޒީޒިއްޔާގައި ހުންނަ 15 ބުރީގެ ހޮޓަލެއްގައި ރޯވެ، އެ ހޮޓަލުގައި ތިބި 600 ށް ވުރެ ގިނަ ހައްޖުވެރިން ހޮޓަލުން ސަލާމަތުން ނެރެފިއެވެ.

ހޮޓަލުގައި ތިބީ ޔަމަނާއި ތުރުކީގެ މީހުން ކަމަށް ސައުދީ ޕްރެސް އޭޖެންސީ (އެސް.ޕީ.އޭ) އިން ހާމަ ކޮށްފައިވެއެވެ.

ހޯމަ ދުވަހު ހިނގި މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުވާ ކަމަށްވެސް އެސް.ޕީ.އޭ އިން ބުނެފައިވެއެވެ.

އަލިފާން ރޯވީ އިމާރާތުގެ 8 ވަނަ ފަންގިފިލާގައި ހުރި އެއަރކޯން ޔުނިޓެއްގައި ކަމަށް ވެސް ކަމާބެހޭ ފަރާތްތަކުން ހާމަ ކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ދެލިކޮޕީ
- ކޮމެންޓް