ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 16:54
އެކްސިޑެންޓްވި އެމެރިކާގެ ނޭވީގެ ބޯޓު
އެކްސިޑެންޓްވި އެމެރިކާގެ ނޭވީގެ ބޯޓު
ގޫގުލް
ރައީސް ޓްރަމްޕް
އެކްސިޑެންޓް ވި އެމެރިކާގެ މަނަވަރާ ގުޅިގެން ރައީސް ޓްރަމްޕް ވިދާޅުވި ފުރަތަމަ ބަސްފުޅަށް ފާޑުކިޔުން!
ފަހުން ރައީސް ޓްރަމްޕް ވަނީ ޓްވީޓެއް ކުރައްވާ
މަނަވަރު އެކްސިޑެންޓް ވީ އޮއިލް ޓޭންކަރަކާ

އެމެރިކާގެ ނޭވީ މަނަވަރެއް ސިންގަޕޫރުގެ އައްސޭރިފަށުން ދަތުރު ކުރަނިކޮށް އޮއިލް ޓޭންކަރަކާ އެކްސިޑެންޓްވި ހާދިސާ ގައި ރައީސް ޑޮނަލްޑް ޓްރަމްޕް އެ ހާދިސާ އާ ބެހޭގޮތުން އެންމެ ފުރަތަމަ ވިދާޅުވި ބަސްފުޅަށް ފާޑުކިޔުން އަމާޒު ވެއްޖެއެވެ. 

އެ ހާދިސާ އާ ބެހޭގޮތުން ރައީސް ޓްރަމްޕް އާދީއްތަ ދުވަހުގެ ރޭ ވައިޓްހައުސްގައި ރިޕޯޓަރުންނަށް ވިދާޅުވީ "އެއީ ވަރަށް ގޯސްކަމެއް ކަމަށެވެ." ރައީސް ޓްރަމްޕް ވިދާޅުވި  ބަސްފުޅާ ބެހޭގޮތުން ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި ފަހުން އެމަނިކުފާނު ވަނީ ހާދިސާ އާއި ބެހޭގޮތުން ޓްވީޓެއް ކުރައްވާފައެވެ. އެގޮތުން އެަމަނިކުފާނު ވިދާޅުވީ ހެޔޮދުއާ އާއި ހެޔޮ އެދުންތައް ވަނީ"ދަ ޔޫއެސްއެސް ޖޯން މެކޭން" އިން ދަތުރު ކުރި ސެއިލަރުންނާ އެކު ކަމަށާއި އަދި ގެއްލުނު ފަރާތްތައް ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށް ކަމަށެވެ. 

ސިންގަޕޫރުގެ އިރުމަތީ އައްސޭރިފަށުން "ދަ ޔޫއެސްއެސް ޖޯން މެކޭން" ދަތުރު ކުރަނިކޮށް އެކްސިޑެންޓްވީ ލައިބީރިއާގެ އޮއިލް ޓޭންކަރަކާއެވެ. އެމެރިކާގެ ނޭވީގެ މަނަވަރު އެކްސިޑެންޓްވި އިރު އެ އުޅަނދު ދަތުރު ކުރަމުން ދިއައީ ސިންގަޕޫރުގެ ބަނދަރަށް ވަނުމަށެވެ. ގެއްލުނު ފަޅުވެރިން ހޯދުމަށް ރެސްކިއު އޮޕަރޭޝަނެއް ފަށާފައިވާއިރު  މިއީ މިފަހުގެ މަސްތަކުގައި އެމެރިކާގެ ނޭވީގެ ބޯޓަކަށް މިފަދަ ބޮޑު އެކްސިޑެންޓެއް ދިމާވި ދެވަނަ ފަހަރެވެ. 

ސިންގަޕޫރުގެ ވަށައިގެންވާ  ކަނޑުގެ ސަރަހައްދަކީ ދުނިޔޭގެ އެންމެ ކާރޫބާރޫ ބޮޑު ކަނޑުގެ ސަރަހައްދުތަކުގެ ތެރޭގައި ހިމެނޭ ސަރަހައްދެކެވެ. އެ ސަރަހައްދުން ގިނަ މުދާތަކެއް އަބަދުވެސް  އެކިގައުމުތަކަށާއި އަދި ސިންގަޕޫރަށް ގެނެވެއެވެ.

އެކްސިޑެންޓްވި  އެމެރިކާގެ ނޭވީގެ ބޯޓަށް ގެއްލުންތަކެއް ވެފައިވާ އިރު ލައިބީރިއާގެ އޮއިލް ޓޭންކަރަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް އަދި އޭގެ ފަޅުވެރިންނަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ނޭނގެއެވެ. 

"ދަ ޔޫއެސްއެސް ޖޯން މެކޭން" އެކްސިޑެންވުމާ  ގުޅިގެން އެމެރިކާގެ ސެނެޓާ ޖޯން މެކޭން ވަނީ މަރުވި އަދި ގެއްލުންވި ފަޅުވެރިންނަށް ހެޔޮދުއާ ކުރައްވާ  ކަަމަށް ވިދާޅުވެ ޓްވީޓް  ކުރައްވާފައެވެ. އެކްސިޑެންްޓްވި އެމެރިކާގެ ނޭވީގެ ބޯޓަށް  ނަންދެވިފައި ވަނީ ސެނެޓާ  މެކޭންގެ ބައްޕާފުޅާއި އަދި ކާފާފުޅުގެ ހަނދާނުގައެވެ. އެ ދެބޭފުޅުންނަކީ ވެސް އެމެރިކާގެ ނޭވީ އަށް ޚިދުމަތް ކުރެއްވި ދެ ބޭފުޅުންނެވެ.   

 

 

 

- ކޮމެންޓް