ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 15:24
މޭޖަރ އާތިފްއަށް ޝަރަފްވެރިކަމުގެ އިނާމު ރައީސް ޔާމީން ދެއްވަނީ--
މޭޖަރ އާތިފްއަށް ޝަރަފްވެރިކަމުގެ އިނާމު ރައީސް ޔާމީން ދެއްވަނީ--
ރައީސް އޮފީސް
މޭޖަރ އާތިފް
މޭޖަރ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އާތިފްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފި
އާތިފް ވަނީ 30 އަށް ވުރެ ގިނަ ދުވަހު އެމްއެންޑީއެފްގައި ހިދްމަތް ކޮށްދެއްވާފަ
އާދިއްތަ ދުވަހުގެ ރޭ އާތިފްގެ ހަށިގަނޑު މާލެ ގެނެސް ވަނީ ޖަނާޒާ ބާއްވާފައި

އެމްއެންޑީއެފްގެ މޭޖަރ އަދި މަޝްހޫރު ލަވަކިޔުންތެރިޔާ އަހުމަދު އާތިފް އަވަހާރަވުމާ ގުޅިގެން އާތިފްގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތައުޒިޔާ ފޮނުއްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މޭޖަރ އާތިފް މިދުނިޔެ ދޫކުރުމަކީ، އެމްއެންޑީއެފްއަށާއި ރާއްޖޭގެ މިއުޒިކްގެ ދާއިރާއަށް ލިބިގެންދިޔަ ވަރަށް ބޮޑު ހީނަރުކަމެއް ކަމަށް ރައީސް ޔާމީން ފާހަގަ ކުރެވި ކަމަށެވެ.

ދިގު މުއްދަތަކަށް އެމްއެންޑީއެފްގެ ހިދްމަތުގައި އުޅުއްވި އާތިފް ނިޔާވިއިރު ހުންނެވީ އެމްއެންޑީއެފްގެ ނޮދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަގާމުގަ އެވެ.

އެމްއެންޑީއެފްގައި 30 ވަރަކަށް އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ އާތިފް ނިޔާވެފައި ވަނީ ހދ. ހަނިމާދޫގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައި ވާގޮތުގައި އާތިފް ނިޔާވިކަން އެނގުނީ އާދީއްތަ ދުވަހު މެންދުރު 12 ޖަހާކަށްހާއިރު ޚަބަރެއް ނުވެގެން ކޮޓަރިތެރެ ބެލިއިރުގައެވެ.

ޕާރފޯމިންގ އާޓްސްގެ ދާއިރާއިން ލަވަކިޔުމާއި، މިއުޒިކު ކުޅުމާއި، އަމިއްލަ ރާގު އުފެއްދުމުގެ ރޮގުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފްވެރިކަމުގެ ގައުމީ އިނާމު 2014 ވަނަ އަހަރު އާތިފަށް ލިބިލައްވާފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް