ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 16:01
މުހައްމަދު ހުސައިން ޝަރީފް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއެކު --
މުހައްމަދު ހުސައިން ޝަރީފް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުއާއެކު --
ޓްވިޓަރ
ސަފީރު
ލަންކާގެ ސަފީރު ކަމަށް މުންދު އައްޔަން ކުރެއްވުމަށް ރުހުން ހޯދުމަށް މަޖިލީހަށް!
މީގެކުރިން މުންދު ހުންނެވީ ޖަޕާނުގެ ސަފީރު ކަމުގެ މަގާމުގައި
ލަންކާގައި ހުންނަވާ ސަފީރު ޒާހިޔާ ޒަރީރު ވަނީ ދާދިފަހުން މަގާމުން ވަކިކުރައްވާފަ

އަވައްޓެރި ސްރީލަންކާގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް މ. ކޮތަންމާގެ މުހައްމަދު ހުސައިން ޝަރީފް (މުންދު) އައްޔަން ކުރެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ހުށަހަޅުއްވައިފި އެވެ.

އަންގާރަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ލަންކާގައި ހުންނަވާ ސަފިރުކަމަށް މުންދު އައްޔަން ކުރުމަށް މަޖިލީހުގެ ރުހުން ހޯދުމުގެ މައްސަލަ އެޖެންޑާ ކޮށްފައިވާއިރު، އެންމެފަހުން ލަންކާގައި ހުންނެވި ސަފީރު، ޒާހިޔާ ޒަރީރު އެ މަގާމުން ދާދި ފަހުން ވަނީ ވަކިކޮށްފަ އެވެ. ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު ކަމަށް ޒާހިޔާ އައްޔަން ކުރެއްވީ 2014 ވަނަ އަހަރު އެވެ.

މީގެކުރިން މުންދު ހުންނެވީ ޖަޕާނަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަގާމުގަ އެވެ.

ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ގެއްލި، މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމާއެކު މަޖިލީހުގެ ޖަލްސާތައް ވަނީ މެދުކަނޑަލާފަ އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
21 އޯގަސްޓް 2017 | ހޯމަ 19:06
އަލަތު ކައިވެންޏާއެކު ފުލެޓް ލ
ޕީޕީއެމް ޖަލްސާގަ ދޮގުވާހަކަދައްކާނެ މީހުންމަދުވީމަ މީނަމިކައިރިކޮށްލީ. ރައްޔިތުން ދައްކާޓެކްސް ފައިސާއިން ދެއިރަށް ޓިކެޓްނަގާފަ މީނަ ހުންނަނީ ރާއްޖެގެނެސް ޕޯޑިޔަމަށް އަރުވާފަ. މިނިވަން 50ގަވެސް ބޮޑުލާރިގަޑެ ދިރުވާލާފަ އެހުރީ