ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 17:53
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީ
މިހާރު
ފިނޭންސް މިނިސްޓްރީ
ފިނޭންސް މިނިސްޓްރީގެ މަސައްކަތަށް ވޮލެންޓިޔަރުން ހޯދަނީ
165ރ. ދުވާލަކު ދިނުމަށް ވަނީ ނިންމާފަ
ހަ މުވައްޒަފުން ހޯދުމަށް ވަނީ ނިންމާފަ

ފިނޭންސް މިނިސްޓްރީގައި ވޮލެންޓިޔަރކޮށް މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، އެ އޮފީހުގެ އެކިއެކި ދާއިރާގެ މަސައްކަތް ކުރުމަށް ހަ މީހަކު  ބޭނުންވާ  ކަމަށެވެ. މަސައްކަތް ކުރުމުގެ މުއްދަތުގެ ގޮތުގައި ކަނޑައަޅާފައިވަނީ ތިން މަސް ދުވަހެވެ. ޕޮކެޓް މަނީގެ ގޮތުގައި ކަނޑައަޅާފައި ވަނީ މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް 165ރ. އެވެ.

ފިނޭންސް މިނިސްޓްރީން ގެޒެޓް ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، އެފަރާތްތައް ބިސްނަސް ސްޓްރީމުގެ 2 މާއްދާއިން ދަށްވެގެން ސީ ގްރޭޑް ލިބިފައިވާން ޖެހޭ ކަމަށެވެ. މީގެ އިތުރުން މަސައްކަތަށް މީހުން ހޮވުމުގައި އިކޮނޮމިކްސް އާއި އެކައުންޓިންގ އަދި ފައިނޭންސް ދާއިރާއަށް ޝައުގުވެރިވާ އަދި ގިނަ ވަގުުތު މަސައްކަތުގައި އުޅެވޭނެ މީހަކަށް ވާންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

 ފިނޭންސް މިނިސްޓްރީ އިން ވަގުތީ މުވައްޒަފުން ހޯދުމަށް އިއުލާނު ކޮށްފައިވާ އިރު، މިއަހަރުގެ ކުރީ ކޮޅުގައި ފިނޭންސް މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަކި ކުރުމަށް ވަނީ ނިންމާފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް