މެމްބަރުންގެ ގޮނޑި ގެއްލުވާލި މައްސަލައިގައި ގޮތެއް ކަނޑައެޅުމަށް ސްޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތައް އާދަޔާ ޚިލާފަށް ދިގުލައިގެން ދާ މައްސަލައިގައި ގިނަ ބަޔަކު ހިތްހަމަ ނުޖެހިފައިވާ ދަނޑިވަޅެއްގައި، އެ މައްސަލަތައް ސްޕްރީމް ކޯޓުގައި ހައިޖެކް ކުރައްވައިގެން އުޅުއްވަނީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ކަމަށް ވިދާޅުވެ، އެމް.ޑީ.ޕީ ގެ ޗެއަރޕާސަން ހަސަން ލަތީފް އުއްތަމަ ފަނޑިޔާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފް ހޯމަ ދުވަހު މެންދުރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އުއްތަމަ ފަނޑިޔާރު މި މައްސަލަ ތާވަލް ނުކުރައްވާ ހުންނަވައިގެން ނުވާނެ ކަމަށެވެ.
"ސްޕްރީމް ކޯޓުގައި އޮތް ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މައްސަލަ އުއްތަމަ ފަނޑިޔާރު ތާވަލް ނުކޮށް ސްޕްރީމް ކޯޓު ހައިޖެކް ކޮށްގެން ހުންނަވައިގެން ނުވާނެ" ހަސަން ލަތީފް ވިދާޅުވިއެވެ.
Supreme Ct gai oiy Rayyithunge Majleehuge Membarunge massala Uththama Fandiyaru thaaval nukoh SC hijack kohgen hunnavaigen nuvaane!
— Hassan Latheef (@HassanLatheef) August 21, 2017
އެމްޑީޕީ ސަރުކާރުގެ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރ ކަން ވެސް ކުރައްވާފައިވާ، ހަސަން ލަތީފްގެ ބަހުގެ ހޫނު ހަމަލާއެއް އުއްތަމަ ފަނޑިޔާރަށް އަމާޒު ކުރައްވާފައިވާ އިރު، ކުރިން ބަންޑާރަ ނައިބުކަން ކުރައްވާފައިވާ، ދިޔާނާ ސައީދުވެސް ވަނީ ހަމަ މި މޭރުމުން ވާހަކަ ފުޅު ދައްކަވާފައެވެ.
ދިޔާނާގެ ވިދާޅުވީ، ފަނޑިޔާރު އަބްދުﷲ ސައީދަށް އިންސާފް ހޯއްދަވައި ނުދެއްވޭނެ ކަމަށެވެ.
Let's call a spade a spade. Judge Abdullah Saeed is a small-minded man who has usurped CJ Faiz's seat. He's incapable of delivering justice.
— Dhiyana (@dhiyanasaid) August 21, 2017
މެމްބަރުންގެ ގޮނޑި ގެއްލުވާލި މައްސަލައިގައި ގޮތެއް ނިންމުން އިންތިހާ އަށް ދިގުލައިގެން ގޮސްފައިވާކަން އެތައް ބަޔަކު ހިތްހަމަ ނުޖެހުމާއެކު އަންނަނީ ފާހަގަ ކުރަމުންނެވެ. ފާޑު ކިޔާ މީހުން ބުނާ ގޮތުގައި ރާއްޖޭގެ ސްޕްރީމް ކޯޓަކީ ސަރުކާރަށް ފައިދާވާ ގޮތައް ހުށަހަޅާ ކޮންމެ މައްސަލައެއް ރޭގަނޑެއް ދުވާލެއް ބެލުމެއް ނެތި ހަލުވި ސްޕީޑްގައި މައްސަލަ ބަލާ ނިންމާލާ ތަނެކެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ މެމްބަރު އަހްމަދު މަހްލޫފްވެސް ވިދާޅުވެފައިވަނީ، އުއްތަމަ ފަނޑިޔާރު ސްޕްރީމް ކޯޓް ހައިޖެކް ކުރައްވައިގެން އުޅުއްވާ ކަމަށެވެ. އަދި އެގޮތައް ހައިޖެކްކުރައްވައިގެން ތިއްބެވުމަކީ މޮޔަ ކަމެއް ކަމަށްވެސް މަހްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެއެވެ.
RYameen ge order ah Maseeh Majlis hijack koh, Didi HC hijack koh adhi Ablo Saeedh SC hijack kohgen thibeveynekamah heekurumakee moyakameh !
— Ahmed Mahloof (@AhmedMahloof) August 21, 2017
ބައެއް ފަރާތްތަކުން ފާހަގަ ކުރާ ގޮތުގައި ސްޕްރީމް ކޯޓަށް ހުށަހަޅާފައިވާ މި މައްސަލަ އަށް ގޮތެއް ނުނިންމާ ލަސްވާ ކޮންމެ ދުވަހަކީ ރައްޔިތުންނަށް ދެވޭ ބޮޑު އަނިޔާ އެކެވެ.
CJ visnava! Supreme Court ah hushaelhifavai dhusthooree massalayah gotheh nunimma lasvaa komme dhuvahakee rayyithunnah dhevey bodu aniyaaeh!
— aminath nadira (@a_nadraa) August 21, 2017
އާއްމުންގެ ހިތްހަމަ ނުޖެހުން މި ކަމާ ގުޅިގެން ސްޕްރީމް ކޯޓަށް ވަރަށް ބޮޑަށް އަމާޒު ވެފައިވާއިރު، ސޯޝަލް މީޑިއާގައި، ހާމަ ކޮށްފައިވާ މައުލޫމާތައް ބަލާއިރު، މިކަމުގައި ރައީސް ޔާމީން އެދިވަޑައިގަންނަވާ ފަދަ ހުކުމެއް ނޫނީ އުއްތަމަ ފަނޑިޔާރު ނުނެރުއްވަން އުޅުއްވާ ކަމުގެ ތުހުމަތުވެސް އެމަނިކުފާނަށް ވަނީ ކުރެވިފައެވެ.
Jaasoos mauloomaath bunanee Abdulla Saeed vanee YAG hiyhama nujehey fadha hukumeh nunereyne kamah bune yageenkan YAG dheefayoa. thedheh tha?
— Thayyib Shaheem (@thayyib) August 21, 2017
އަނެއް ބަޔަކު ބުނަނީ ވަރަށް ސާފު މައްސަލައެއްގައި ސްޕްރީމް ކޯޓުން މިހާ ދުވަހު ލަސްކުރަންޖެހޭ އެއްވެސް ކަމެއް ނެތް ކަމަށެވެ. އެހެން ކަމުން އިންސާފު ކޮބާތޯ އާއި ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަކީ އެކަމަށް ކުފޫ ހަމަވާ ބައެއްތޯވެސް ބުނެ ބައެއް ފަރާތްތަކުންވަނީ ސުވާލު އުފައްދާފައެވެ.
Varah saafu mahsala ehga SC in hukjm mihaa dhuvahu las kuran jehay ehves kameh neh #Ladh
— AaMaldives (@Al_Maldives) August 20, 2017
ސްޕްރީމް ކޯޓުން މި މައްސަލައިގައި ހުކުމް އިއްވުން ލަސްކުރަމުންދާ މައްސަލައިގައި ގިނަ ބަޔަކު ފާޑު ކިޔަމުންދާ އިރު ގުޅިފައިވާ ޕާޓީތަކުގެ ވަފްދަކުން އުއްތަމަ ފަނޑިޔާރާ ބައްދަލު ކުރުމަށް މަސައްކަތް ކުރަމުންދާތާ ވެސް ގިނަ ދުވަސްތަކެއް ވަނީ ވެފައެވެ. ހޯމަ ދުވަހު ޔުމްނާ މައުމޫނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުވެސް ގުޅިފައިވާ ޕާޓީތަކުގެ ބޭފުޅުންނާއެކު ސްޕްރީމް ކޯޓުގެ ރެސެޕްޝަނުގައި އުއްތަމަ ފަނޑިޔާރާ ބައްދަލުވޭތޯ އެބޭފުޅުން ވަޑައިގެން ތިއްބެވި ކަމަށެވެ. އުއްތަމަ ފަނޑިޔާ ބައްދަލު ކުރުމަށް އެދުނީ ޖުލައި 30 ގައި ކަމަށްވެސް ޔުމްނާ ވިދާޅުވިއެވެ.
Waiting with Joint Party delegation at the reception of the SC to meet with the Chief Justice. Request for meeting sent on 30th July 2017.
— Yumna Maumoon (@yumna_maumoon) August 21, 2017