ކ. މާލެ
|
21 އޯގަސްޓް 2017 | ހޯމަ 14:18
ކ. ގުޅިއަށް އުދައަރަން ފެށީ ހެނދުނު 11:30 ގައި
ކ. ގުޅިއަށް އުދައަރަން ފެށީ ހެނދުނު 11:30 ގައި
ރާއްޖެ އެމްވީ
އުދައެރުން
ގުޅިއަށް ވަަރަށް ބޮޑު އުދައަރައިފި
ގުޅީގެ ބޮޑު ސަރަހައްދަކަށް ވަނީ އުދަ އަރާފައި
އެ ސަރަހައްދަކީ ދިޔަވަރު ބޮޑުވުމުން އެކި ދުވަސްވަރު އުދައަރާ ސަރަހައްދެއް
ހެނދުނު 11:30 ހުން ފެށިގެން އުދައަރަމުންދޭ

މާލެ އަތޮޅު ގުޅި އަށް ވަަރަށް ބޮޑު އުދައަރައިފި އެވެ.

ކ. ގުޅި ކައުންސިލްގެ ރައީސް މުހައްމަދު ފަތުހުއްﷲ ވިދާޅުވީ، މިއަދު ހެނދުނު 11:30 އިން ފެށިގެން އުދައަރަމުންދާ ކަމަށާއި ގާތްގަނޑަކަށް 300 ފޫޓާއި 200 ފޫޓަށް އުދައަރަމުންދާ ކަމަށެވެ.

 އެންމެ ބޮޑަށް އުދައަރަނީ އިރުމަތީ ސަރަހައްދަށް ކަަމަށާއި އެ ސަރަހައްދަކީ ގެސްޓް ހައުސްތަކާއި ހެލްތް ޕޯސްޓާއި އެރަށު ކޯޓު އިމާރާތް ހުންނަ ސަރަހައްދު ކަަމަށެެވެ. އަދި މީހުން ދިރިއުޅޭ ގެތަށް ވެސް އެ ސަރަހައްދުގައި ހުންނަ ކަން އޭނާ ފާހަަގަކުރެއްވިއެވެ. އެހެން ނަމަވެސް އަދި މިހާތަނަށް އެއްވެސް އިމާރާތަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް އެރަށު ކައުންސިލުން ބުނެ އެވެ.  

މިކަމާ ގުޅޭ ގޮތުން، މެޓް އޮފީހުން ބުނީ، މިދުވަސްވަރު ރާއްޖޭގެ ދެކުނާއި މެދު ތެރޭގެ އަތޮޅުތަކަށް އުދައެރުން އެކަށީގެންވާ ކަމަށާއި ކުރިއަށްއޮތް ދެތިން ދުވަހު، އުދައެރުން އެކަށީގެންވާ ކަމަށެވެ.

މީގެ އިތުރުން އިރު ކޭތައެއް މިއަދު ހިފާތީވެ އެކަމުގެ ސަބަބުން ވެސް ދިވަޔަރަށް އަންނަ ބަދަލުގެ ސަަބަބުން އުނދައެރުމަށް މަގުފަހިވާނެ ކަަމަށް މެޓް އޮފީހުން ބުނެ އެވެ. އެހެންކަމުން މިކަމަށް ސަމާލުވުމަށް މެޓް އޮފީހުން ވަނީ އިލްތިމާސްކޮށްފަ އެވެ. އިރުކޭތަ ރާއްޖޭގެ ސަރަަހައްދަށް ނުފެންނަ އިރު އެ ކޭތަ ފެންނަނީ ނޮދާން އެމެރިކާއަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް