ކ. މާލެ
|
16 ޖެނުއަރީ 2025 | ބުރާސްފަތި 17:55
ޑީއެންއާރުތެރޭގައި ޕީއެންސީއަށް މީހުން ވެއްދުމަށް ވަގަށް ފޯމް ފުރަމުން ދިޔައީ ސީދާ ހޯމް މިނިސްޓަރުގެ ކުރިމަތީގައި
ޑީއެންއާރުތެރޭގައި ޕީއެންސީއަށް މީހުން ވެއްދުމަށް ވަގަށް ފޯމް ފުރަމުން ދިޔައީ ސީދާ ހޯމް މިނިސްޓަރުގެ ކުރިމަތީގައި
ރާއްޖެއެމްވީ
ޕީއެންސީ އިން ވަގުފޯމު ފުރުން
ޕީއެންސީ އަށް މެމްބަރުން އިތުރުކުރަން ވަގު ފޯމު ފުރި މައްސަލަ ފުލުހަށާއި އޭސީސީ އަށް ވައްދައިފި
އެންމެހައި ޖިނާއީކުށްތައް ތަހުގީގު ކޮށްދިނުމަށް ވަނީ އެދިފައި
މި މައްސަލަތައް ތަހުގީގުކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އަށް ވެސް އެމްޑީޕީ އިން ވަނީ
މައްސަލަތައް ތަހުގީގުކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އަށް ވެސް އެމްޑީޕީ އިން ވަނީ ދަންނަވާފައި

ރައްޔިތުންގެ ޒާތީ މައުލޫމާތުން ވައްކަންކޮށް، ވަގު ފޯމު ފުރައިގެން ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް އެތައް ބަޔަކު ވައްދާފައިވާތީ އެ މައްސަލަ ބަލައިދިނުމަށް އެމްޑީޕީ އިން ފުލުހުންނަށާއި އެންޓިކަރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފިއެވެ.

އެ ޖަރީމާ ހިންގާފައިވަނީ ދާޚިލީ ވަޒީރު އަލީ އިހްސާނުގެ ބެއްލެވުމުގެ ދަށުން ހިންގާ ޑީއެންއާރުގެ ޑޭޓާބޭސްގައި ހުރި މައުލޫމާތުތައް ވަގަށް ނަގައިގެން ކަމަށްވާތީ އާއި، ޕީއެންސީ އާއި ދައުލަތުގެ އިދާރާތައް ގުޅިގެން ހިންގި މި އަމަލަކީ ޖިނާއީ ކުށުގެ އަމަލު ތަކަކަށް ވާތީ، ސައްހަ ނޫން ލިޔުން އުފެއްދުމާއި، ސަރުކާރުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމާއި، ދޮގު ހެކި ދިނުމާއި، މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު މަންފާ ހޯދައިދިނުން ހިމެނޭހެން، އެ މައްސަލައިގައި ހިމެނޭ އެންމެހައި ޖިނާއީކުށްތައް ތަހުގީގު ކުރުމަށް ދިވެހި ފުލުހުންގެ ހިދުމަތަށާއި، އެންޓިކޮރަޕްޝަން ކޮމިޝަންއަށް އެ ޕާޓީގެ ފަރާތުން ވަނީ ހުށަހަޅާފައެވެ.

އޭގެ އިތުރުން މި މައްސަލަތައް ތަހުގީގުކުރުމަށް އެ ދެ އިދާރާގެ މައްޗަށް އަމުރުކޮށްދެއްވުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލް އަށް ވެސް އެމްޑީޕީ އިން ވަނީ ބުރާސްފަތި ދުވަހު ސިޓީ ފޮނުވާފައެވެ.

މީގެ އިތުރުން، ޕީއެންސީ. އިން ހުށަހެޅި ފޯމުތަކުގައި އޮޅުވާލުން ހުރިކަން މިހާރު ސާބިތުވެފައިވާތީ އެ ޕާޓީއިން ހުށަހެޅި އެއްވެސް ފޯމެއް ޕްރޮސެސް ނުކުރުމަށާއި، ޕްރޮސެސް ކުރި ފޯމުތައް ކެންސަލްކޮށް، އެ ފޯމުތަކުގެ ސައްހަކަން އަލުން ކަށަވަރުކުރުމަށް އެދި އިލެކްޝަންސް ކޮމިޝަނަށްވެސް އެމްޑީޕީ އިން ވަނީ ހުށަހަޅާފައެވެ.

- ކޮމެންޓް