ކ. މާލެ
|
16 ޖެނުއަރީ 2025 | ބުރާސްފަތި 13:45
މުއުމިނާ: އެޗްއާރުސީއެމްގެ ނައިބު ރައީސަކަށް އޭނާ އައްޔަންކުރަން ރުހުން ހޯދަން މަޖިލިހަށް ވަނީ ފޮނުވާފައި. ފޮޓޯ:އެޗްއާރުސީއެމް
މުއުމިނާ: އެޗްއާރުސީއެމްގެ ނައިބު ރައީސަކަށް އޭނާ އައްޔަންކުރަން ރުހުން ހޯދަން މަޖިލިހަށް ވަނީ ފޮނުވާފައި. ފޮޓޯ:އެޗްއާރުސީއެމް
އެޗްއާރުސީއެމްގެ ނައިބަކަށް ބޭފުޅަކު އައްޔަން ކުރަ
އެޗްއާރުސީއެމްގެ ނައިބަކަށް މުއުމިނާ އައްޔަންކުރަން ރުހުން ހޯދަން މަޖިލީހަށް
އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރެއްވުމަށް، މުއުމިނާ ވަހީދުގެ ނަން ފޮނުވީ މިއަދު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ނައިބު ރައީސަކަށް މުއުމިނާ އައްޔަންކުރަން ފޮނުވި މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުވައިފި އެވެ.

ބުރާސްފަތި ދުވަހު އޮތް ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއަކީ ދައުރުން ބޭރުން ކުރިއަށް ގެންދިއަ ޖަލްސާއެކެވެ.

ޖަލްސާ ފައްޓަވަމުން އިދާރީ މޭޒުން ވަނީ އެ މައްސަލައިގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލިހަށް ފޮނުއްވި ސިޓީފުޅު ތަޅުމަށް އިއްވާފަ އެވެ.

އެ ސިޓީފުޅުގައި ވަނީ އެޗްއާރުސީއެމްގެ ނައިބު ރައީސްގެ މަގާމަށް އައްޔަންކުރެއްވުމަށް، އެ ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަންކުރައްވާފައިވާ މ. ޖީނާ، މުއުމިނާ ވަހީދުގެ ނަން ފޮނުވާ ކަމަށެވެ. މަޖިލިހަށް ފެންނަ ގޮތެއްގެ މަތިން ނަން ފާސްކޮށްދިނުމަށް ރައީސް ވަނީ އެދިވަޑައިގެންފަ އެވެ.

އެޗްއާރްސީއެމް އުފެދިފައިވަނީ 2003 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރައީސުލްޖުމްހޫރިއްޔާގެ ގަރާރެއްގެ ދަށުން، އަމިއްލަ ނަމުގައި ދައުވާކުރުމާއި ދައުވާ ލިބުމުގެ ބާރު ލިބިފައިވާ، މިނިވަން މުސްތަގިއްލު ކޮމިޝަނެއްގެ ގޮތުގަ އެވެ.

އެޗްއާރުސީއެމްގެ ރައީސަކީ މަރްޔަމް މުނާ އެވެ. މުއުމިނާގެ އިތުރުން ކޮމިޝަނުގެ މެމްބަރުންގެ ގޮތުގައި ތިއްބަވަނީ އިސްމާއީލް ހަބީބް އަބްދުއްރަހީމާއި އާމިނަތު ޝިފާއަތު އަބްދުއްރައްޒާގުގެ އިތުރުން ސަމާއު އަހްމަދު ނަޖީބެވެ.

- ކޮމެންޓް