ރީތި ރަށު ބޭރުގައި އޮތް "ޑައިމަންޑް" ނަމަކަށް ކިޔާ ދޯންޏެއްގައި އަލިފާން ރޯވެއްޖެއެވެ.
ކޯސްޓްލައިންގެ މި ދޯނީގައި އަލިފާންގެ ހާދިސާއެއް ހިނގިކަމަށް އެމްއެންޑީއެފަށް ރިޕޯޓްކޮށްފައި ވަނީ އާދީއްތަ ދުވަހުގެރޭ 10:52 ކަންހާއިރުގައެވެ. ތިން ދިވެހިންނާއި އެއް ބިދޭސީއަކު ދަތުރު ކުރި މި ދޯނީގައި ހިނގި އަލިފާންގެ ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައެއް ނުވެއެވެ.
އެމްއެންޑީއެފުން ބުނީ ކޯސްގާޑުގެ އެހީތެރިކަމާއި އެކު އަލިފާންގަނޑު ކޮންޓްރޯލް ކުރުވިފައިވާ ކަމަށެވެ. އަދި އަލިފާން ރޯވިއިރު ދޯނީގައި ދެ ކޮންޓޭނާއި ހުރި ކަމަށާއި އެ ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލް އެނގޭނީ އެކަން ތަޙްގީގް ކުރުމަށް ފަހުގައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެއެވެ.