ކ. މާލެ
|
20 އޯގަސްޓް 2017 | އާދީއްތަ 20:31
ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް
ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލް
ޓްވިޓަރ
މެންބަރު ޚަލީލު
ހާލުކޮޅު ގޯސްވެ، މެންބަރު ޚަލީލު އެޑްމިޓް ކޮށްފި
ގަދައަށް ހުން އައިސް ވަރުދެރަވުމުން ކަމަށް
ހާލު ސީރިއަސްއެއް ނޫން

ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ޑރ. އަބްދުﷲ ޚަލީލު އައިޖީއެމްއެޗް ގައި އެޑްމިޓްކޮށް ފަރުވާދޭން ފަށައިފި އެވެ.

ޕީޕީއެމްގެ އޮފިޝަލަކު ވިދާޅުވީ ޑރ. ޚަލީލަށް ފަރުވާ ދެމުންދަނީ ގަދައަށް ހުން އައިސް ރޯނގާ ޖެހުމުގެ ސަބަބުން ކަމަށެވެ.

އޭނާ ވިދާޅުވީ ޚަލީލުގެ ހާލު ސީރިއަސް ނޫން ކަމަށާއި އެހެން ނަމަވެސް، ޑޮކްޓަރުން ލަފާދެއްވާފައި ވަނީ ހުން މަޑުވަންދެން އެޑްމިޓްކޮށްގެން ފަރުވާ ދިނުމަށް ކަމަށެވެ.

ޚަލީލު އެޑްމިޓް ކޮށްގެން ފަރުވާ ދެމުންދާއިރު، ޕީޕީއެމްގެ ނައިބު ރައީސް، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އެޑްމިޓް ކޮށްގެން ފަރުވާ ދިނުމަށް ފަހު ދޫކޮށްލާފައި ވަނީ އާދިއްތަ ދުވަހު އެވެ.

އަބްދުއްރަހީމް އެޑްމިޓް ކޮށްފައި ވަނީ މެޔަށް އެރި ތަދަކާ ގުޅިގެންނެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
21 އޯގަސްޓް 2017 | ހޯމަ 15:30
ޔާނު
މީ އަޅެ ޙަބަރެއްތަ؟ ނޫސްވެރިން ކީއްތަ މިކުރަނީ؟
21 އޯގަސްޓް 2017 | ހޯމަ 09:47
މަރިޔަމް
މީހުންނަށް ނުހައްގުން ކުރި އަނިޔާގެ އުގޫބާތް،،،