ނުނިމޭ ތަހުގީގަކަށް ނުކުރާ ދައުވާއަކަށް ނުފެށޭ ޝަރީޢަތެއް ނިމެންދެން ފުލުހުން ހައްޔަރުކޮށްފައިވާ ފާރިސް މައުމޫނަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތައުރީފު ކުރައްވައިފިއެވެ.
ރައީސް ނަޝީދު އާދީއްތަ ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފާރިސްގެ މަޑުމައިތިރި ސާބިތު ކަމަށާއި ހިތްވަރާ މެދު ގަޔާވެވަޑައިގަންނަވާ ކަމަށެވެ. އަދި ދޫނުދެއްވުމަށް ރައީސް ނަޝީދު ވަނީ ފާރިސްއަށް ގޮވާލައްވާފައެވެ. މީގެ އިތުރުން އެކުގައި މަސައްކަތް ކޮށް އަލުން ޑިމޮކްރަސީ ހޯދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެއެވެ.
ރައީސް ނަޝީދުވަނީ ދާދިފަހުން ފުލުހުން ހައްޔަރުގައި ބޭއްތިއްބުމަށް ފަހު މިނިވަން ކުރި ތިން މެންބަރުންނަށް ވެސް މަރުހަބާ ދަންނަވާފައެވެ.
Admire @afarismaumoon for his calm resilience. Never give in. Together we will rebuild our democracy. Welcome back MPs Waddey, Amith, Saud.
— Mohamed Nasheed (@MohamedNasheed) August 20, 2017
މިފަދަ ގޮތަކަށް ފާރިސްއަށް ރައީސް ނަޝީދު ތައުރީފް ކުރައްވާފައިވާއިރު މީގެ ކުރިންވެސް ރައީސް ނަޝީދުވަނީ ފާރިސްގެ ކެރިވަޑައިގަތުމަށާއި ހިތްވަރަށް އަދި ސާބިތު ކަމަށް ތައުރީފު ކުރައްވާފައެވެ.
މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމުގެ ތުހުމަތު ފާރިސަށް ކޮށް ހައްޔަރުކޮށް ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާ އިރު އެ މައްސަލާގައި ދައުވާ ކުރަން ފޮނުވާފައިވަނީ މިދިޔަ ހަފުތާއެވެ.
ފާރިޝްއަކީ ގުޅިފައިވާ ޕާޓީތަކުގެ ހަރަކާތްތަކުގައި ރައީސް މައުމޫނުގެ ފަރާތްޕުޅުން އެންމެ ބޮޑަށް ހަރަކާތެރިވާ ބޭފުޅާއެވެ.