ކ. މާލެ
|
20 އޯގަސްޓް 2017 | އާދީއްތަ 19:47
އައްޑޫ އަންހެނުންގެ ކޮމެޓީގެ އާ ރައީސާ ޝެހެނާޒް
އައްޑޫ އަންހެނުންގެ ކޮމެޓީގެ އާ ރައީސާ ޝެހެނާޒް
އޭއޯއެލް.ކޮމް
އައްޑޫ އަންހެނުންގެ ކޮމެޓީ
އައްޑޫ ސިޓީގެ އަންހެނުންގެ ކޮމެޓީގެ އާ ރައީސާ އަކަށް ޝެހެނާޒް ހޮވައިފި
ޝެހެނާޒް އެމަޤާމަށް ހޮވުނީ ވޯޓު ދިން 6 މެންބަރުންގެ ތެރެއިން 4 މީހުންގެ ތާއީދާއެކު

އައްޑޫސިޓީގެ އަންހެނުންގެ  ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީ (ޑަބްލިއުޑީސީ) ގެ އާ ރައީސާއަކަށް މަރަދޫ ދާއިރާގެ  ސިޓީ ކައުންސިލު މެމްބަރު ޝެހެނާޒް ރަޝީދު ހޮވައިފިއެވެ.

ޝެހެނާޒް އެމަގާމަށް ހޮވާފައި ވަނީ ކުރިން އެ މަގާމު ފުރުއްވަވަމުން ގެންދެވި ހިތަދޫ މެދު ދާާއިރާގެ މެމްބަރު ޖަމްޝީދާ މުޙައްމަދު، އެދާއިރާގެ ކައުންސިލަރު ކަމުގެ މަގާމަށް އިންތިޚާބުވުމާ ގުޅިގެންނެވެ.

މައުލޫމާތު ލިބިފައިގޮތުގައި އާދީއްތަ ދުވަހު ކައުންސިލް އިދާރާގައި ކޮމެޓީގެ ރައީސާ ކަމުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ބޭއްވި ވޯޓު ލުމުގައި އެ މަގާމަށް ކުރިމަތު ލެއްވީ މިހާރުގެ ނައިބު ރައީސާ އާމިނަތު އަލީ ޝިހާބް އާއި ޝެހެނާޒެވެ. އަދި ކޮމެޓީގައި ތިއްބަވާ 6 މެމްބަރުން ދެއްވެވި ވޯޓުގައި އާމިނަތު އަށް ލިބިލެއްވެވީ 2 ވޯޓެވެ. އަދި ޝެހެނާޒަށް ލިބިލެއްވެވީ 4 ވޯޓެވެ.

ވޯޓުގެ ނަތީޖާއިން ރައީސާ ކަމަށް ޝެހެނާޒް ހޮވުނު އިރު ނައިބް ރައީސާ އަކީ ކުރިން ވެސް އެމަގާމުގައި ހުންނެވި އާމިނަތު ޝިހާބެވެ.

އާދީއްތަ ދުވަހު ބޭއްވި ކޮމެޓީ ބައްދަލުވުމުގައި އަންހެނުންގެ ކޮމެޓީން މަދުވެފައިވާ 2 މެމްބަރުންގެ ބަދަލުގައި އަލަށް ކޮމެޓީއަށް ހޮވުނު 2 މެމްބަރުންވެސް އިގުރާރުގައި ވަނީ ސޮއިކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް