ކ. މާލެ
|
20 އޯގަސްޓް 2017 | އާދީއްތަ 14:01
އެމްއެންޑީއެފް ގެ ނޮދަން އޭރިއާގެ ޑެޕިއުޓީ މޭޖަރކޮމާންޑަރ މޭޖަރ އަހުމަދު އާތިފު
އެމްއެންޑީއެފް ގެ ނޮދަން އޭރިއާގެ ޑެޕިއުޓީ މޭޖަރކޮމާންޑަރ މޭޖަރ އަހުމަދު އާތިފު
އެމްއެންޑީއެފް
އަހުމަދު އާތިފް
ލަވަކިޔުންތެރިޔާ މޭޖަރ އަހުމަދު އާތިފް ނިޔާވެއްޖެ
ނިޔާވިއިރު މަސައްކަތް ކުރައްވަމުން ގެންދެވީ އެމްއެންޑީއެފް ގެ ނޮދަން އޭރިއާގެ ޑެޕިއުޓީ  މޭޖަރކޮމާންޑަރގެ މަގާމުގައި

އެމްއެންޑީއެފް ގެ ނޮދަން އޭރިއާގެ ޑެޕިއުޓީ މޭޖަރ ކޮމާންޑަރ މޭޖަރ އަހުމަދު އާތިފު ނިޔާވެއްޖެއެވެ.

އާތިފު ނިޔާވިއިރު މަސައްކަތް ކުރައްވަމުން ގެންދެވީ ހަނިމާދޫގައި ހުންނަ އެމްއެންޑީއެފް ގެ ނޮދަން އޭރިއާގެ ޑެޕިއުޓީ  މޭޖަރ ކޮމާންޑަރގެ މަގާމުގައެވެ.

އެމްއެންޑީއެފްއަށް 30 ވަރަކަށް އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ އާތިފު ނިޔާވެފައި ވަނީ ކުއްލި ގޮތަކަށް ކަމަށް މައުލޫމާތު ލިބެއެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އާތިފް ނިޔާވިކަން އެނގުނީ އާދީއްތަ ދުވަހު މެންދުރު 12 ޖަހާކަށްހާއިރު ޚަބަރެއް ނުވެގެން ކޮޓަރިތެރެ ބެލިއިރުގައެވެ.

އޭނާގެ ހަށިގަނޑު މިހާރު އޮތީ ހަނިމާދޫ ސިއްހީ މަރުކަޒުގަ އެވެ.

އާތިފަށް ވަނީ "ގައުމީ ޚިދުމަތް ދިނުމުގެ އެވޯޑް" ވެސް ލިބިވަޑައިގެންފައެވެ.

މީގެ އިތުރުން ދާދިފަހުން އެމްއެންޑީއެފުން ބޭއްވި "ވޮއިސްއޮފް އެމްއެންޑީއެފް" ގެ ޖަޖްކަން ވެސް އޭނާ ވަނީ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
20 އޯގަސްޓް 2017 | އާދީއްތަ 14:38
ހިސްޓޯބްރޯ
މަރުޚޫމް ޢާތިފަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ އާއިލާއަށް ކެއްތެރިކަން ދެއްވާށި