ކ. މާލެ
|
27 ޑިސެންބަރ 2024 | ހުކުރު 23:40
ފޯނު ވަގަށް ނެގި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހާ
ފޯނު ވަގަށް ނެގި މައްސަލައާއި ގުޅިގެން ހައްޔަރު ކުރި މީހާ
ޕޮލިސް
ވައްކަމުގެ މައްސަލަ
ގޭބަންދަށް ހުކުމްކޮށްފައި ހުރި މީހަކު ފޯނުތަކެއް ވަގަށް ނެގި މައްސަލައެއްގައި ހައްޔަރުކޮށްފި
އަޒްމީލް މުޙައްމަދު އަކީ 2024 އޮކްޓޫބަރު 6 ވަނަ ދުވަހުގެ ވަގުތެއްގައި “ކްރޭވެސް ޓޭކްއަވޭ” ރެސްޓޯރަންޓުން ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން ހުކުމްކޮށްފައިވާ މީހެއް
5 މަހާއި 22 ދުވަހަށް ގޭބަންދުކުރުމަށް މިއަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވޭ

މާފަންނުގައި ހުންނަ “ސްޕައި އެންޑް ޓެކް” މޯބައިލް ފިހާރަ ދޮރު ހަލާކުކޮށްލައިގެން ވަދެ އެފިހާރައިން ވައްކަން ކޮށްފައިވާ މައްސަލާގައި ތުހުމަތުކުރެވޭ މީހާ ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ފޯނުތައް ހޯދައިފިއެވެ. 

މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެ 04:00 އެހާކަންހާއިރު “ސްޕައި އެންޑް ޓެކް” ފިހާރައިން ވައްކަންކޮށްފައިވާކަމަށް ހުށަހެޅުނު މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ ރ.މީދޫ/ބުލްބުލްގެ، އަޒްމީލް މުޙައްމަދު (40އ) އެވެ.  މި މައްސަލައިގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް، ބަލައިފާސްކުރިއިރު އެފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ 5 ފޯނު ފެނިފައިވެއެވެ. 

މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަޒްމީލް މުޙައްމަދު އަކީ 2024 އޮކްޓޫބަރު 6 ވަނަ ދުވަހުގެ ވަގުތެއްގައި “ކްރޭވެސް ޓޭކްއަވޭ” ރެސްޓޯރަންޓުން ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން ކުށް ސާބިތުވެ 5 މަހާއި 22 ދުވަހަށް ގޭބަންދުކުރުމަށް މިއަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މީހެކެވެ. އަދި އޭނާއަކީ މީގެކުރިން އެކި މައްސަލަތަކާ ގުޅިގެން 59 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ، މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަމާއި ފޭރުމުގެ ކުށުގެ ރެކޯޑްސް އޮންނަ މީހެކެވެ.

“ސްޕައި އެންޑް ޓެކް” މޯބައިލް ފިހާރައިން ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން އަޒްމީލް މުޙައްމަދުގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުންވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. 

- ކޮމެންޓް