ކ. މާލެ
|
24 ޑިސެންބަރ 2024 | އަންގާރަ 23:42
އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ރެއިޑްގައި ބިދޭސީން ބަލާފާސްކުރަނީ
އިމިގްރޭޝަނުން ކުރިއަށްގެންދިޔަ ރެއިޑްގައި ބިދޭސީން ބަލާފާސްކުރަނީ
އިމިގްރޭޝަން
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން
ލޯކަލް މާރުކޭޓް ސަރަހައްދު ރެއިޑްކޮށް 23 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް
ލޯކަލް މާރުކޭޓް ސަރަހައްދުން 22 ފިރިހެނަކާއި 1 އަންހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައި

މާލޭގެ ލޯކަލް މާރުކޭޓް ސަރަހައްދު ރެއިޑްކޮށް 23 ބިދޭސީއެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ބުނީ އިމިގްރޭޝަން ވޮޗް އަށް ލިބިފައިވާ މައުލޫމާތަކާއި ގުޅިގެން ޓާސްކުފޯހުން ވަނީ ބިދޭސީންގެ ބޮޑު ކޮންޓްރޯލެއް އޮންނަކަމަށް މައުލޫމާތު ލިބިފައިވާ މާލޭގެ ލޯކަލް މާރުކޭޓު ސަރަހައްދުގައި އަންގާރަ ދުވަހުގެ ފަތިހުން ފެށިގެން މެންދުރާއި ހަމައަށް ބޮޑު ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ކަމަށެވެ.

އަދި މި ރެއިޑު އޮޕަރޭޝަންގައި އެ ސަރަހައްދުގައި އަޅާފައިވާ އުޅަނދުފަހަރާއި، އެ ސަރަހައްދުން ލަފާ/ފުރާ އުޅަނދުފަހަރު ވެސް ބަލައި ފާސްކޮށްފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެގޮތުން ޖުމްލަ 148 ބިދޭސީން ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީ 22 ފިރިހެނަކާއި 1 އަންހެނަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

މީގެ އިތުރުން ހުޅުމާލޭގެ ފޭސް 1 އަދި 2ގެ އެކި ސަރަހައްދުތަކުގައި ގަވާއިދާ ހިލާފަށް ވެހިކަލް ދޮވެ ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ބިދޭސީންނަށް އަމާޒުކޮށް ހޯމަ ދުވަހު ވަނީ ރެއިޑު އޮޕަރޭޝަނެއް ހިންގާފައެވެ. އެގޮތުން ސައްހަ ވިސާއެއް ނެތް 8 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

މީގެ އިތުރުން ހުޅުމާލޭ ފޭސް 2ގެ ހިޔާ ފުލެޓުތަކުގައި ހިންގަމުންދާ ވިޔަފާރިތަކަށް ހާއްސަކޮށް ހޯމަ ދުވަހު ރެއިޑު އޮޕަރޭޝަނެއް ހިންގާފައިވާއިރު، 26 ތަނެއް ބަލައި ފާސްކޮށް، 4 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.

- ކޮމެންޓް