ނ. ހޮޅުދޫގައި ހިންގި މާރާމާރީއަކާއި ގުޅިގެން، އެ ރަށުގައި މަރުވެފައި އޮއްވާ ފެނުނު ޒަކިއްޔާ މޫސާގެ ދަރިފުޅު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ނ. ހޮޅުދޫގައި މި މަހުގެ 19 ވަނަ ދުވަހުގެ ވަގުތެއްގައި ހިނގި ހަމަނުޖެހުމެއްގެ ތެރެއިން މާރާމާރީ އެއް ހިނގި ކަމަށް ބުނެ 20 ވަނަ ދުވަހު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
އަދި މި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، ނ. ހޮޅުދޫ، ނިއު ލައިފް، މޫސާ ރިމްޒީ (30އ) 2024 ޑިސެމްބަރ 23 ވަނަ ދުވަހު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.