ކ. މާލެ
|
22 ޑިސެންބަރ 2024 | އާދީއްތަ 12:03
ކުރީގެ ފިނޭންސް މިނިސްޓަރު އަޙުމަދު ޝަފީޤް، މިހާރު ވަނީ އެޗްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑަށް ހަމަޖައްސަވާފަ
ކުރީގެ ފިނޭންސް މިނިސްޓަރު އަޙުމަދު ޝަފީޤް، މިހާރު ވަނީ އެޗްޑީއެފްސީގެ ޑިރެކްޓަރުންގެ ބޯޑަށް ހަމަޖައްސަވާފަ
ކުރީގެ ފިނޭންސް މިނިސްޓަރ ޝަފީޤް
ކުރީގެ ފިނޭންސް މިނިސްޓަރ ޝަފީޤް އެޗްޑީއެފްސީގެ ބޯޑަށް ހަމަޖައްސައިފި

މިހާރު މި އޮތް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފިނޭންސް މިނިސްޓަރުކަމުން ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވި ޑރ. މުހައްމަދު ޝަފީގު ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ ޑިރެކްޓަރުންގެ ބޯޑަށް ހަމަޖައްސައިފި އެވެ.

އެޗްޑީއެފްސީގައި މީގެ ކުރިންވެސް މަސައްކަތް ކުރެއްވި ޝަފީޤް ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑަށް މެންބަރުން އައްޔަންކުރާ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ ވެބްސައިޓް ދައްކާ ގޮތުގައި ޝަފީގު އެ މަގާމަށް އައްޔަންކޮށްފައިވަނީ މިމަހުގެ ދެވަނަ ދުވަހު އެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަންގެ ދާއިރާ އިން ކެމްބޯޑިޔާގެ އައިއައިސީ ޔުނިވާސިޓީން ޕީއެޗްޑީ ހާސިލު ކުރައްވާފައިވާ ޝަފީގަކީ މާލީ ދާއިރާގެ ތަޖުރިބާކާރެކެވެ. އެގޮތުން ފިނޭންސް މިނިސްޓަރަކަށް ވަޑައިގަތުމުގެ ކުރިން އޭނާ ހުންނެވީ އެޗްޑީއެފްސީގެ ފައިނޭންސްގެ ހެޑްގެ މަގާމުގަ އެވެ. 

ޝަފީގަކީ ކެބިނެޓަށް ސެޕްޓެމްބަރު 30 ގައި މަހުގެ ތެރޭގައި ގެނައި ބަދަލުތަކަކާ ގުޅިގެން ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.

ޝަފީޤް ފިނޭންސް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވުމުން، އެ މަޤާމު މިހާރު ފުރުއްވަމުން ގެންދަވަނީ ކުރިން ފޮރިން މިނިސްޓަރަކަށް ހުންނެވި މޫސާ ޒަމީރެވެ.

- ކޮމެންޓް